ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުދު ސަރުކާރުން ކޮވިޑްގެ ފިޔަވަޅުތައް ގަބޫލުނުކުރާކަން ޝާހިދު ސާބިތުކޮށްދީފި: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތައް ހުދު މި ސަރުކާރުން ވެސް ގަބޫލު ކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސާބިތު ކޮށްދެއްވައިފި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިގޮތަށް ވިދާޅުވީ، އެޗްޕީއޭ އިން ގައިޑްލައިންތަކަށް އަމަލު ކުރުމުގައި ރައްޔިތުންނާއި ސަރުކާރުގެ އިސްވެރިންނާ ދެމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެގޮތުން މިނިސްޓަރު ޝާހިދު ވަނީ ދުބާއީއަށް ވަޑައިގެންނެވުމަށްފަހު ހޮނިހިރު ދުވަހު ރައްޖެ އައިސް އޭގެ އަނެއް ދުވަހު ސަރުކާރުން ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިއުމަށް ފަހު އެނބުރި ގައުމަށް އައުމުން 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހެއެވެ.

މިކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝާހިދުގެ ގެ ޢަމަލުތަކުން ހުދު ސަރުކާރުން ކޮވިޑްގެ ފިޔަވަޅުތައް ޤަބޫލްނުކުރާކަން ސާބިތުވެއްޖެ ކަމަށާއި އެތައް ބައެއް ފުރާނައަށް ނުރައްކާވެއްޖެ ކަމަށެވެ.

“އެކަން ރަނގަޅުނަމަ، އެތަައް ޒުވާނުންނަކަށް ކުރި ޖޫރިމަނާ ބާތިލް. އެ ފައިސާ އަނބުރާ ދޭންޖެހޭ. ޤާނޫނުގެ ޙުކުމް ސަމާސާއެއް ކަމަށް ދެކެނީތޯ؟” ޖަމީލު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފޮރިން މިނިސްޓަރު ޝާހިދު ކަރަންޓީނުގައި ހުރުމަށްފަހު، ސްޓޭޓް ބެންކް އޮފް އިންޑިއާގައި ބޭއްވި އިވެންޓަށް ދިޔުމަށް ހުއްދަ ދިނީ ދައުލަތުގެ ޒިންމާއެއް އަދާކުރަންޖެހެތީ ކަމަށެވެ.

ނަޒްލާ ވިދާޅުވީ، ވަކި ހާއްސަ ހާލަތްތަކުގައި އާންމު ފަރާތްތަކަށްވެސް ބައެއް ކަންކަމުގައި ކަރަންޓީންގައި ހުންނަ އިރުވެސް ވަކި އުސޫލުތަކެއްގެ މަތިން ވަކި ކަންކަމަށް ވަޑައިގަތުމަށް ހުއްދަ ދެމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: