ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށަކަށް ދާނަމަ ކަރަންޓީންވާން ޖެހޭނެ ގޮތަށް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓް ހައުސް އޮޕަރޭޓްކުރާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކޮވިޑް-19އާ ގުޅޭ ގޮތުން އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ދަތުރު ފަތުރުކުރުމުގައި ކަރަންޓީންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުގައި ވަނީ ގެސްޓްހައުސް ހުންނަ ރަށްތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިން މެދުނުކެނޑި އަންނަ ރަށްރަށްކަމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތްކަމަށެވެ.

އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށްރަށުގެ ޢާއްމުންނާއި ގިނައިން ދިމާވާނެ ބަޔަކަށްވާތީ ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށާއި އެހެންކަމުން ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން އެހެން ރަށަކަށްދާނަމަ މިހާރުވެސް ޢަމަލުކުރަމުން އަންނަ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ “ރަށްރަށުގައި ގޭގައި ކަރަންޓީންވުމުގައި ޢަމަލުކުރަންވީ އުސޫލު”ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިން އަންގައެވެ.

މީގެއިތުރުން ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުތަކުން ރަށްރަށާއި، މާލެއިން ރިސޯޓުތަކަށް ދިޔުމަށްވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭގޮތަށް އުސޫލު ވަނީ އިސްލާޙުކޮށްފައެވެ. މީގެތެރޭގައި އަދި އޮޕަރޭޓްކުރަން ނުފަށާ އެހެންނަމަވެސް ރިސޯޓު ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ރިސޯޓުތަކުންވެސް މި އުސޫލަށް ޢަމަލުކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރިސޯރޓް ތަކަށް އަންނަފަތުރުވެރީންނަކީ އެމީހުން ރާއްޖޭގައި ހޭދަކުރާ މަދު ދުވަސް ކޮޅުތެރޭގައި ރާއްޖޭގެ އަދަކާދައިގެ ތެރޭހިމެނޭ ދިވެހިންގެ ދިރިއުޅުމާއި ސަޤާފީ ކަންތަކެއް ދެކެން ބޭނުންވެސް ވާބައެކެވެ. ފަތުރުވެރިން މިއަށް ކިޔާނީ ފިޝަރމަން އައިލެންޑް އެކްސްކާރޝަން. ބައެއް ފަތުރުވެރި އެޖެންޓުން ޕެކޭޖްތަކެއްވެސް ހަދާފައި ހުރެއެވެ. އެޕެކޭޖަކީ އެމީހުންގެ އައިޓިނިރަރީ ޕްރޮގްރާމްގައި އެކްޓިވިޓީ ތަކެއް ހިމަނައިގެން ވިއްކާޕެކޭޖް ތަކެކެވެ. ސުވާލަކީ މިފަތުރުވެރިން އަންނަނީ އެއަރާ އެރިސޯރޓެއްގައި އައިސޮލޭޓްވެގެން ތިބެންތޯ. ޤަވާޢިދުތަކެއް ހަދައި ޢަމަލުކުރަން ޖެހޭގޮތްކަމަށް ކަނޑައެޅުމުގެ ކުރީން ކޮންމެވެސް ވަރަކަށް ދިރާސާކުރެއްވުން ބުއްދިވެރި. ރިސޯރޓް މެނޭޖްމަންޓް ތެރޭމަސައްކަތްކުރި 20 އަކަށް އަހަރު ފެނިފައިވާ ކަންތައް ހަމަ ހިއްސާކޮށްލީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: