ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރެވޭނެ”

ރައްޔިތުންގެ މަޖްލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރެވޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ކޮޗިންއާ ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީގެ ދަތުރުތައް ހޮނިހިރު ދުވަހު ފަށައި، ފުރަތަމަ ކާގޯ ފެރީ ވަނީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައެވެ.

ޝިފާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއިން ކުޅުދުއްފުއްޓަށް ފެށިގެން މިދިޔަ ކާގޯ ފެރީ މެދުވެރިކޮށް ދުބާއީ އިންވެސް ސީދާ ކުޅުދުއްފުއްޓަށް މުދާ އެތެރެކުރެވޭނެ ކަމަށާއި ހުޅުވިގެން މިދާދޮރުތަކަކީ އުތުރުގެ އިޤުތިސާދަށް އާރޯކަން ގެނުވާނެ ދޮރުތަކެއް ކަމަށެވެ.

“މިކަމުގެ ސަބަބުން އުތުރުގެ ވިޔަފާރިވެރިން މާލެއިން މުދާގެންދިއުމަށް ކުރާހަރަދު ސަލާމަތްކުރެވޭނެ. އަދި މާލޭ ގުދަނަށް ބޮޑުކުލި ދައްކަންޖެހުމުގެ ސަބަބުން ބޮޑުއަގުގައި މުދާގަނެގެން އުތުރުގެ އަތޮޅުތަކަށް ގެންދިއުން ނިމުމަކަށް ގެނެވޭނެ.” ޝިފާއު ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުއްޓަށް ވަނީ 500 ޓަނަށް ވުރެ ގިނަ މުދަލާއެކު ކާގޯ ފެރީގެ ފުރަތަމަ ބޯޓު އައިސްފައެވެ. ކުޅުދުއްފުއްޓަށް އެ ތަކެތި ބޭލުމުގެ މަސައްކަތް ކުރަނީ އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދެއް ބޯޓު ކައިރިއަށް ގޮސްގެންނެވެ.

މި ބޯޓު މި މަހުގެ 28 ވަނަ ދުވަހު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: