ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާގޯ ފެރީއިން ގެނައި ރަނާއި އެއްވަރުގެ މުދާތައްކަމަށް ދައްކަން ޝާހިދު އުޅުނަސް އެއީ ހަގީގަތެއް ނޫން: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޮޗިން އިން މުދާ ހިފައިގެން އައި ކާގޯ ފެރީއަކީ ނުރައްކަލެއްގެ ފެށުން ކަމަށާއި، ދިވެހި ކޮންމެ ރައްޔިތަކު ވެސް މިނިވަން ކަމުގެ ދިފާއުގައި ނިކުންނަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އިންޑިއާ އާއި ކޮޗިން ދެމެދު ފެށި ދަތުރުތަކުގެ ތެރެއިމް، ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ގެނެސްފައިވެއެވެ.

ފެރީގެ ދަތުރުތައް މަހަކު ދެ ފަހަރު ރާއްޖެ އަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު، ކާގޯ ފެރީގެ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާއިން ވެސް ވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. ބޯޓު ރާއްޖެއާއި ގާތް ކުރުމާއި އެކު އިދިކޮޅުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް މިއީ އިންޑިއާއިން ރާއްޖޭގެ އިގްތިސޯދަށް އަތްގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ފެށުމެއްގެ ގޮތުގައި ބުނެފައެވެ. އަދި ލޯނުތަކާއި އަދި ތަފާތު އެކި އެހީތައް ފޯރުކޮށްދިނުމުގެ ފަހަތުގައި އެހެން ބޭނުމެއް އޮންނާނެ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

މައްސަލައިގައި ކަންބޮޑުވުންތައް ފާޅުކޮށް އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ރާއްޖެއަށް މުދާތަކެއް ހިފައިގެން އައި ކަމަށް ބުނާ އިންޑިއާގެ “ކާގޯ” ފެރީއަކީ ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެއް ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ވިސްނަދޭން މަސައްކަތް ކުރާ، އަދި ދައްކަން އުޅޭ މަންޒަރެއް ވެސް ސާފެއް ނޫން ކަމަށާއި، ބޯޓުގައި ގެނައި ކޮން ސާމާނުތަކެއްތޯ މީޑިއާތަކަށް ދައްޖަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ މިއީ އަސަރުތަކާއި އެކު ދައްކާ ވާހަކަތަކެއް ކަމަށާއި، އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ އަޑެއް ނީވޭ ކަމަށެވެ. އަދި އެމަނިކުފާނަށް މިވާހަކަތަކުން ކުރާ އެއްވެސް އަސަރެއް ނެތް ކަމަށެވެ.

ކޮވިޑުގެ ހާލަތާއި އެކު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެން ދިޔަކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހެޔޮ އެދޭނަމަ ކާޑުގެ ބާވަތްތައް ގައުމަށް ފޮނުވަން ވީ ކަމަށެވެ. އަދި ބިސް، ފިޔާ އަލުވި ރާއްޖެއަށް ގެނައުން މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

“ބޯޓުގެ ފަލުކާތައް ބަންދުކޮށްގެން މިތިބެނީ، އޭގައި ހުރި އެއްޗެއް އެނގެނީ އެއް ނޫން. ހަމަ ސަރުކާރުން ބުނެގެން އެންމެން އަތް ޖަހާ އަނބާ ކިޔަން އަޅުގަނޑުމެން އެންމެން މިތިބީ…… އަޅުގަނޑު ހާއްސަކޮށް ކުޅުދުއްފުށީ ރައްޔިތުންނަށް، ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ގޮވާލަން މިނިވަންކަމުގެ ދިފާއުގައި ހުރިހާ ރައްޔިތުން ނިކުންނަވާށޭ މިއަދު. މިއަދު އަބްދުﷲ ޝާހިދު ބުނެގެން ތިބެދާނެ، އޭގެއިން ރަން ލިބޭނެ ކަމަށް.” ޝުޖާއު

ރާއްޖޭގެ ވެރިކަން އެމްޑީޕީއާއި ހަވާލުކޮށްފިނަމަ ގައުމު ދާނެ ނިކަމަތީގެ ހާލަތުގެ މައްޗަށް މީގެ ކުރިން ވެސް ވާހަކަ ދައްކާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ގައުމުގައި ލާދީނިއްޔަތު ފެތުރި، މިނިވަންކަން ގެއްލިގެން ދާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް ދައްކާފައިވާނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ، މިއަދު ގައުމުގެ ހާލަތަކީ އެ މީހަކަށް ލިބެން ޖެހޭ ބައެއް ލިބުމުން ދެން، ގައުމު އޮޔާ ދިޔަސް އެ ބޭފުޅުންނަށް މައްސަލައެއް ނެތް ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ގައުމުގެ އިގްތިސޯދަށް ލިބެން އޮތީ ރަންކަމުގައި ރައްޔިތުންނަށް ދައްކަން އުޅުނަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. މިއަދު ގައުމަށް ކާގޯ ބޯޓު ފަހަރު އައި ނަމަވެސް، އޭގެ ނާޖާއިޒް ފައިދާ ނަގަން އޮތީ އިންޑިއާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމުގެ އެއްވެސް ހިއްވަރެއް މި ސަރުކާރުގައި ނެތް އިރު، އިގްތިސޯދަށް ކުރިއެރުން އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޗައިނާ އާއި އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އަށް އަމަލުކޮށްގެން ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މި ފެރީގެ ސަބަބުން ރާއްޖޭގެ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި ރަށްތަކަށް ފަތުރުވެރިކަން ފުޅާވެ، އިގްތިސާދީ ކުރިއެރުން ލިބި، ތަރައްގީ ވެގެންދާނެ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އެކްސްޕޯޓަރުންނަށް މަހާއި، މަހުގެ ބާވަތްތައް ފަދަ ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ ބާޒާރަށާއި، އިންޑިއާ މެދުވެރިކޮށް ޔޫރަޕުގެ ބާޒާރަށް ނެރެވޭނެ ކަމަށް ވެސް ހައި ކޮމިޝަނުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: