ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ އިންޖީނުތަކުގެ އަގަށް ބަދަލެއް: “މިއީ މަސްވެރިކަމަށް އަލަށް ނިކުންނަށް ފަރާތަކަށް ވެސް ލިބޭ ލުޔެއް”

މާބޮޑަށްވެސް އަގުހެޔޮވެއްޖެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުން/ ފޮޓޯ: އެމްޓސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިމްޕޯޓު ޑިއުޓީއަށް ގެނައި ބަދަލާ ގުޅިގެން އެމްޓީސީސީއިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިނުގެ އަގުތަކަށް ގެނައި ބަދަލުގެ ސަބަބުން މަސްވެރިކަމަށް އަލަށް ނިކުންނަ ފަރާތްތަކަށް ވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިއްކާ ޔަންމާ، ސުޒުކީ އިންޖީނާއި ސްޓޮކްޑާޓާ ބްރޭންޑުގެ ރެސިންގެ އަގުތަކަށް ދައްކޮށް ވަނީ ވިއްކަން ފަށާފައެވެ. މިބަދަލުގެނެސްފައިވަނީ ސަރުކާރުން މެރިންއިންޖީނާއި މަސްވެރިކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން މި ކުންފުނިން ވިއްކާ ބައެއް ތަކެއްޗަށް ހެޔޮބަދަލު ގެނައުމުގެ ގޮތުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ އަބަދުވެސް ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނީގެ 39 އަހަރުގެ ތާރީހުގެ ތެރޭގައި ވެސް އަބަދުވެސް މަސައްކަތްކޮށްފައިވަނީ ވީހާވެސް ލުއިފަސޭހަ ގޮތްތަކަކަށް ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ.

އެމްޓީސީސީގެ ބައެއް ހިދުމަތްތައް ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ އެމްޓީސީސީއިން ވިއްކަމުން ދާ ޔަންމާ އިންޖީނާއި ސުޒުކީ ބްރޭންޑުގެ އިންޖީނުތަކަކީ ދިވެހި އެތައް ރައްޔިތަކާއި ގުޅިފައިވާ އިންޖީނުތަކަކާއި ބްރޭންޑެއްކަން އާޒިމް ފާހަގަ ކުރެއްވިއެވެ. ސަރުކާރުގެ ވިސްނުމަކީ ތަރައްގީ އާއި، ކުރިއެރުމަށްޓަކާ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށާއި އިގްތިސޯދެއް ކުރިއަރައިގެން ދާނީ އިންޕުޓް ޓެކްސް މަދުކޮށް، އައުޓްޕުޓް ޓެކްސް އިތުރުކޮށްގެން ކަމަށެވެ. އަދި މީގެ މާނައަކީ ޑިއުޓީ ކަނޑާލައި ޑިއުޓީ ކުޑަކޮށް އިންވެސްޓަރުންނަށް ލުއިތަކެއް ހޯދައިދިނުން ކަމަށް އާޒިމް ވިދާޅުވިއެވެ.

“މިއަދުގެ ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ އެއްޗަކުން ޑިއުޓީ މަދުކޮށް، ޑިއުޓީ ކަނޑާލައި އިންވެސްޓު ކުރަން ބޭނުންވާ ޒުވާނުންނާއި އަދި އެހެނިގެން ފަރާތްތަކަށް އެ ފަސޭހަތައް ފޯރުކޮށްދިނުން. މިގޮތުން ފެނިގެން މިދަނީ ވަރަށް ވެސް އުފާވެރި މަންޒަރެއް. އެތައް ޒަމާނެއްވަންދެން ދިވެހި އެތައް މަސްވެރިންނެއް، އެތައް ރައްޔިތުން ދެކެމުން އައި ހުވަފެނެއް މަސްވެރިކަމަށް ބޭނުންވާ ތަކެތީން ޑިއުޓީ ކަނޑާލުން. އަދި އެމްޓީސީސީއަކީ މަސްވެރިންނާއި ގާތް ގުޅުމެއް ބާއްވާ ކުންފުންޏެއް………. އަޅުގަނޑުމެން ބޭނުންވީ ވީހާވެސް އަވަހަށް އެ ލުއިފަސޭހަ ފޯރުކޮށްދޭން” އާޒިމް

އާޒިމް ވިދާޅުވީ ބައެއް އިންޖީނުތަކުން ހަތް ލައްކަ ރުފިޔާ އަގުހެޔޮ ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ބައެއް އިންޖީނުތަކުން އެއްލަކަ ރުފިޔާ ކުޑަވެގެން ގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން ސުޒުކީ އައުޓްބޯޑު އިންޖީނުތަކުން ވެސް ބައިލައްކަ ރުފިޔާ އަގުހެޔޮވެފައިވާކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

މިއީ މަސްވެރިކަމަށް އަލަށް ނިކުންނަށް ފާރަތަކަށް ވެސް ލިބޭ ލުއިފަސޭހައެއްގެ ގޮތުގައި އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ އޮޑިދޯނިފަހަރުތަކަށް ބޭނުންވާ މެއިންޓަނެންސްގެ އިންސްޓްރަކްޝަންތައް ދެމުން ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި އިންޖީނަށް ގެންނަން ޖެހޭ ބަދަލުތަކާއި، މަރާމަތަށް ކުރަންޖެހޭ މަސައްކަތްތަކުގައި ވެސް އިރުޝާދުތަކެއް ދެމުން ގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ކަށަވަރު ޝޯރޫމުން ވިއްކާ އިންޖީނުތަކުގެ އަގު ހެޔޮކޮށް، “މާބޮޑަށް ވެސް އަގުހެޔޮ ވެއްޖެ” ގެ ނަމުގައި އެ ކުންފުނިން ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. އިމްޕޯޓު ޑިއުޓީއަށް ގެނައި ބަދަލާ ގުޅިގެން  ފެށި މި ކެމްޕެއިނުގައި ކަށްވަރު ޝޯރޫމުން ވިއްކާ ސުޒުކީ އައުޓްބޯންޑް އިންޖީނާއި ޔަންމާ އިންބޯޑް އިންޖީން މިހާރު ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ އެވެ.

މި ދަނޑިވަޅުގައި ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން މިކުންފުނިން ވިއްކާ އިންޖީނު އިންސްޓޯލްމަންޓްއަށް ނަންގަވާއިރު ޑައުން ޕޭމަންޓް ވަނީ ކުޑަ ކުރެވިފައެވެ. މިގޮތުން ސުޒުކީ އިންޖީނު ބަލައިގަންނަވާ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކުރެވިފައިވާއިރު، ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭނެއެވެ. އަދި ޔަންމާ އިންޖީނު ޑައުންޕޭންމެންޓް 35 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކުރެވިފައިވާއިރު، 36 މަހާއި ހަމައަށް ފައިސާ ދެއްކުން ބަހާލެވޭނެއެވެ. މިކެންޕެއިންގެ ދަށުން ޔަންމާ އަދި ސު ޒުކީ އިންޖީންތަކު ގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިންގެ އަގުތަކަށް ގެނެވިފައިވާ ބަދަލުގެ ތަފްސީލްތައް އެމްޓީސީސީ ކަށަވަރު ޝޯވރޫމަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: