ހދ. ކުޅުދުއްފުށީގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.
އެހެންކަމުން ކުޅުދުއްފުއްޓަށް އަރައި ފޭބުމުގައި މިހާރު އެއްވެސް ހުރަހެއް ނެތެވެ.
ކުޅުދުއްފުށީ މޮނިޓަރިން އުވާލިކަން އަންގައި އެރަށުގެ ކައުންސިލަށް އެޗްޕީއޭ އިން ފޮނުވި ލިޔުމުގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.
މިރޭ 20:48 އިން ފެށިގެން އެ ރަށުގެ މޮނިޓަރިންގ އުވާލެވުނީ ކަމަށާއި އަދި މޮނިޓަރިންގގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައީ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

