ގެސްޓުހައުސްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާއިރު، ގެސްޓް ހައުސް ހުންނަ ކޮންމެ ރަށެއްގައި މާސްކް އަޅަން ޖެހޭނެ ކަމަށް ކަމަށް ހެލްތް މިނިސްޓަރަށް ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވުން ލަސްކުރީ ގެސްޓުހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަނަށް ވުމުގެ އިތުރުން ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ގޮތް އިތުރަށް ބަލަން ކަމަށެވެ..
ޑރ. ޝަހީދު ވިދާޅުވީ، ގެސްޓުހައުސްތައް ހުޅުވާލަން ހުއްދަ ދިންކަމުގައި ވިޔަސް މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލުމުގެ ހުއްދަ ދޭން އަދި ނިންމާފައިވާ ނުވާ ކަމަށެވެ. އެއީ ރާއްޖެއިން ފެެންނަ ގިނަ ކޭސްތަކަކީ ގްރޭޓާ މާލެ ސަރަހައްދުން ރިޕޯޓް ކުރެވޭ ކޭސްތަކަށް ވާތީއެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް ރަށްރަށުގެ ގެސްޓުހައުސްތަކަށް ދިޔުމުގެ ހުއްދަ އެއްވެސް ނުލިބެއެވެ.
ގެސްޓުހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދޭން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ

