ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫން ހުވަދޫއަށް ސީޕްލޭން ފެށުމަށް މޯލްޑިވިއަން އާއި އެކު އެއްބަސްވުމަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އާއި ހުވަދޫ އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ފަށައިފިއެވެ.

އައްޑޫސިޓީ ގަމާއި ހުވަދޫ އަތޮޅާއި ސީޕްލޭންގެ ހިދުމަތުން ގުޅުވާލުމުން އެއަތޮޅު ރިސޯޓުތަކަށް ޒިޔާރަތް ކުރާ ފަރުތުވެރިންނަވެސް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ ޓޫރިޒަމް އަލުން ހުޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު ހުވަދޫގެ ރިސޯޓުތަކާއި ގަމާއި ގުޅާލުމަށް މޯލްޑިވިއަންގެ ސީޕްލޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ސީޕްލޭން ފެށޭ ވަރުވާނެކަމަށް ގައިސު ވިދާޅުވިއެވެ.

ގައިސު ވިދާޅުވީ ސީޕްލޭންގެ ހިދްމަތް ފަށާނީ ގަމުގައި ހަދާފައިވާ ސީޕްލޭން ޓާމިނަލް މަރާމާތު ކުރުމަށްފަހު ކަމަށެވެ.

“މޯލްޑިވިއަން އާއި އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން މިއަންނަނީ ސީޕްލޭން ފެށުމަށް، މިހާރު ދެން އޮތީ ދެފަރާތުން އެއްބަސްވުމުގައި ސޮއިކޮށްލުން، މިބަލަނީ ނޮވެމްބަރު މަހު ދަތުރުތައް ފެށޭނެކަމަށް” ގައިސް ވިދާޅުވިއެވެ.

ގައިސު ވިދާޅުވީ މޯލްޑިވިއަން އާއި އެކު ހުވަދޫގެ ރިސޯޓުތަކަށް ދަތުރު ކުރުމަށް ގިނަ ރިސޯޓުތަކަށްވެސް ފަސޭހަ ވާނެކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: