ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ﷲގެ ހަޟްރަތުން މަދަދު އެދިގެން ރައީސް ސޯލިހު ވެރިކަމުން ބާލަން ނުކުންނަންޖެހޭ: އަދުރޭ

މިއަދުގެ ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ﷲގެ ހަޟްރަތުން މަދަދު އެދިގެން ރައީސް ސޯލިހު ވެރިކަމުން ބާލަން ނުކުންނަންޖެހޭކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އިދިކޮޅު ކޯލިޝަަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއީ ސަމާސާއަކަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. ރާއްޖޭގެ ހާލަތު އެއަށްވުރެ ސީރިއަސްވެއްޖެ ކަމަށާއި މިއީ ސިޔާސީ ގޮތުން ނުވަތަ ވެރިކަން ބޭނުންވެގެން ދައްކާ ވާހަކައެއްވެސް ނޫންކަމަށް ވިދާޅުވިއެވެ.

ހުރިހާކަމެއް ﷲ ހަޝްރަތުގައި ދެންނެވުމުން ނުފުދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސަބަބުތަކުގައި ހިފައި އަމަލުތަކުންވެސް އެކަން ދައްކަންޖެހޭކަމަށް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ކަމަކީ ގައުމު ސަަލާމަތް ކުރުން ކަމަށާއި ގައުމެއް ނެތް ތަނެއްގައި ވެރިކަމުން ކުރާނެ ބޭނުމެއް އޮންނާނެތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ. މިސަރުކާރުން އައިސް ހަމައެކަނި އިގްތިސާދު ފުނޑާލީ ނޫންކަމަށާއި އަމިއްލަ ގައުމުގައި މަގުަމައްޗަށް ނުނިކުމެވޭ ހާލަތަށް ކަންތައްތައް ހިނގައްޖެކަމަށް ވިދާޅުވިއެވެ. ކަންކަން ވަމުްނދާގޮތަށް ބަލާއިރު ދިވެހިންގެ ކަރަށް ރާ އަޅަން މާދަމާވެސް ބަޔަކު އަތުވެދާނެ ކަމަށާއި ރޮހިންޔާ މުސްލިމުންނަށް ޖެހުނު ހާލު ދިވެހިންނަށް ޖެހިދާނެ ކަމަސް ވިދާޅުވިއެވެ. އަދި އެފުރުސަތި ފަހިކޮށްދިނުމަށް ރައީސް ސޯލިހު މަސައްކަތްކޯށްދެއްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހިރާއްޖެއަކީ ތާރީހީގޮތުން މުއްސަނދި ގައުމެއް ކަމަށެވެ. އަދި މިއަދު ބައެއް ދިވެހިން ޝަހީދު ހުސެއިން އާދަމަށާއި، ބޮޑުތަކުރުފާނު ފަދަ ގައުމީ ބަތަލުންނަށް މަލާމާތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ބަތަލުންނަށް މަލާމާތް ނުކުރާނަމަ، ގައުމުގެ ދިފާއުގައި ނުކުންނާނެ ކަމަށާއި ރައީސް ސޯލިހާއި ދެކޮޅަށް ނުކުންނާނެކަމަށްވެސް ވިދާޅުވިއެވެ.

އިންސާނުންނާއި ޖަނަވާރުންނާއި ދެމެދު ހުންނަ ފަރަގަކީ އިންސާނުންނަށް ބުއްދި ދެއްވާފައިވުންކަމަށްވާއިރު، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާނަމަ ޖަނަވާރުންނާއި އެއްފަދަވެގެންދާނެކަމަށް ވިދާޅުވިއެވެ. ވީއިރު، ކަންކަމާއިމެދު ވިސްނާ ފިކުރު ކުރުމުގެ ބަދަލުގައި ރައީސް ސޯލިހުގެ ފަހަތުގައި އަތްޖަހަން ތިބުމުގެ ބޭނުމެއް ކޮބައިތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.

2008 ވަނަ އަހަރު ވެރިކަމާއި ހަވާލުވުމަށްފަހުވެސް، ރައީސް މައުމޫންގެ ވެރިކަމުގައި ކޮށްފައި ހުރިކަންކަން ފުނޑުފުނޑުކުރުން ނޫންކަމެއް ކޮށްފައިނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އިތުރަށް ކުރެވުނުކަމަކީ ފެންފޯއް ރުއްތަކެއް ޖެހުންކަމުގައި ވިދާޅުވިއެވެ. އަދި މިފާއިތުވެދާ ދެ އަހަރުގެ ތެރޭގައިވެސް ވީކަމެއް ނެތް ކަމަށާއި ޕާކެއް ހެދީތީވެސް، އެތަނުގެ ނަމަކަށް ކިޔަން ޖެހުނީ “ކޮރަޕްޝަން ޕާކު” ކަމަށް ބުން އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: