ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޮންކަމަކާތޯއޭ ބިރުގަންނަންވީ؟ ކޮވިޑް ޖެހިގެން ވެސް ވާނީ މަރު”: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) : ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ދެކޮޅަށް ރައްޔިތުން ނިކުންނަންޖެހޭ ކަމަށާއި ބިރުގަންނަން ނުޖެހޭކަމަށާއި ކޮވިޑް ޖެހިގެންވެސް ވާނީ މަރުކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، ސަރުކާރާއި ދެކޮޅަށް ރައްޔިތުން ނިކުންނަންޖެހޭ ކަމަށާއި އެގޮތުން ނިކުންނަންވީ ބަޣާވާތް ކުރަން ނޫން ކަމާއި ނިކުންނަންވީ ހައްގުތައް ހޯދައި މިނިވަންކަން ދަމަހައްޓައި ދީން ހިމާޔަތް ކުރަން ކަމަށެވެ.

އަދި ގައުމު ނާމާންކަމުގެ ކިއްލާއަކަށް ބަދަލުކޮށްލާއިރު ރައްޔިތުން ގޭގައި ނިދާފައި ތިބޭނަމަ މިއީ މި ގައުމުގެ ރައްޔިތުންނޭ ބުނަން ހައްގުވޭތޯ ވެސް އަދުރޭ ވަނީ ސުވާލުކުރައްވާފައެވެ.

“ކީއްވެގެންތޯއޭ ނުނިކުންނަންވީ؟ ކޮންކަމަކާތޯއޭ ބިރުގަންނަންވީ؟ ކޮވިޑް ޖެހިގެން ވެސް ވާނީ މަރު. އެއީ ނޫންތޯ އެންމެ ބޮޑު ކަމަކަށް ވާނެ ކަމަކީ” އަދުރޭ ވިދާޅުވިއެވެ.

އަދި މަގުމައްޗަށް ނިކުމެގެން ކޮވިޑް ޖެހިދާނެތީ އެކަމާ ބިރުން ގޭގައި ތިއްބައި، ބަޔަކު ރާއްޖެ އަރައި ހިފައި ދިވެހިންނަށް އިހާނެތި ގޮތްތައް ހެދުމުން ދެން ކުރާނެ ކަމެއް ނޯންނާނެ ކަމަށާއި އެހެންކަމުން ދިވެހި ސިފައިންނާއި ދިވެހި ފުލުހުން މި ގައުމު ހިމާޔަތްކޮށްދެއްވުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ހައްޔަރު ކުރަން ވެސް އަދުރޭ ގޮވާލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: