ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބިލިއަން ޑޮލަރުގެ ޑްރަގު އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެގޮތުން ޕާކިސްތާނު ނޫހެއް ކަމަށްވާ ބީއޯއެލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެން ފައިވަނީ ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ގިނަ ގައުމުތައް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރާ ބައިނަލްއަގްވާމީ ބޮޑު ނެޓްވޯކެއްގެ ބަޔަކު އަތުލައިގެންފައިވަނީ އަރަބި ކަނޑާއި، ރާއްޖޭގެ ކަނޑު ގުޅޭ ސަރަހައްދުން އެތަކެތި ހިފައިގެން ދަތުރުކުރަމުން ދަނިކޮށް ކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި މީހުން ހައްޔަރު ކުރި މަންޒަރާއި ފޮޓޯ އެނޫސްތަކުން ވަނީ އާއްމުކޮށްފައެވެ.

އެ ނޫހުން ވަނީ ޑުރަގް ނެޓްވޯކް އަތުލައިގަތް ކުރު ވީޑިއޯއެއް ވެސް ހިމަނައިފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ޑިންގީއެއްގައި ތިބި ބަޔަކު ފުލުހުން ފެނުމުން އެއްޗެހިތަކެއް ބަންދުކޮށްފައި ހުރި ގޯނިތަކެއް ކަނޑުމައްޗަށް އުކާލައިފަ އެވެ. އަދި ހިއްސާ ކޮށްފައިވާ ފޮޓޯއެއްގައި ބައެއް ގޯނިތައް އަރުވާފައި ހުރި ޑިންގީއެއްގެ ތެރޭގައި މީހަކު ފަހަތަށް ބިޑި އަޅުވާފައި ބައިންދާފައި އިންނަތަން ފެނެ އެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: