ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އައްޑޫގެ ޒުވާނުން ޑްރަގްގެ ވަބާއިން ސަލާމަތް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ”

ރައްޔިތުންގެ މަޖިލީޙުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް: :ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ޒުވާނުން ޑްރަގްގެ ވަބާއިން ސަލާމަތް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އިއްޔެ ފުލުހުން އައްޑޫ ސިޓީގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކޮށް ޒުވާނުން ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައި ހުރިހާ އެންމެންވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

“ހައްލެއް ލިބެންދެން ހުއްޓާނުލާ މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް ޑްރަގް ވިޔަފާރު ހުއްޓުމަކަށް ގެނެސްދެއްވާ.” ރޮޒައިނާ ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ހިތަދޫ ސަރަހައްދު ކަނޑުމަތިން ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް(ބޮންޑާ) ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް ފުލުހުން އަދި މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: