ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަން ޑީލަރުން މިނިވަން ވަނީ ސިޔާސީ ފަރާތްތަކާ ގުޅުން އޮންނާތީ: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަން ޑީލަރުންނަށް އަބަދު ނުދެވި ގިނަ ފަހަރު މިނިވަން ވަނީ ސިޔާސީ ފަރާތްތަކާ ގުޅުން އޮންނާތީ ކަމަށް ކުރީގެ ނައިބް ރައީސް މުހައްމަދު  ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އިއްޔެ ފުލުހުން އައްޑޫ ސިޓީގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި 80 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލް ވިދާޅުވީ އަތޮޅު ތެރޭގައި މަސްތުވާތަކެތީގެ ނެޓްވޯކް ފުޅާވެފައިވާ މިންވަރު އައްޑޫގެ އޮޕަރޭޝަނުން އެކަނި ވެސް ސާފުވެގެން ދާ ކަމަށެވެ. މިފަދަ ބޮޑެތި ކުށްވެރިން ގާނޫނުގެ ކުރި މައްޗަށް ގެނައުމަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މި ފަދަ ކުށުގައި ހައްޔަރު ކުރާ މީހުން ސިޔާސީ ފަރާތްތަކާ ގުޅިފައިވުމުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

“ސަރުކާރުން ޖެހޭ އެއްވެސް ކޮޅަކަށް ނުޖެހި ތިބެ މަސްތުވާތަކެއްޗާ ދެކޮޅަށް ނިކުންނަން. ވެރިކަން ކުރާ މައި ޕާޓީގެ އޮފިޝަނުން އާންމުކޮށް ކުށްވެރިންގެ ދިފާއުގައި ވަކާލާތު ކުރޭ.” އެމްޑީޕީ އަށް ނިސްބަތް ކުރައްވައި ޖަމީލް ވިދާޅުވިއެވެ.

ކަނޑުމަގުން އައްޑު އަތޮޅު ހިތަދޫއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ ތެރޭގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި ހިމެނޭ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: