ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު އަލުން ހުޅުވިފަހުން 18،867 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން 18،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމުނު ސެޕްޓެމްބަރު މަހު ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 9538 ފަތުރުވެރިންނެވެ. އަދި ޖުލައި މަހުގެ 15 ވަނަ ދުވަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 18،867 ކަމަށް އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސެޕްޓެމްބަރު މަހު އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ ރަޝިއާއިންނެވެ. އެގައުމުން 2065 ފަތުރުވެރިން އައި އިރު، ދެވަނަ އަށް އެންމެ ގިނައިން އައީ ޔޫއޭއީންނެވެ. އެގޮތުން ޔުއޭއީން 1029 ފަތުރުވެރިން އައިއިރު، އެމެރިކާއިން 935 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން އިނގިރޭސިވިލާތުން 625 ފަތުރުވެރިން އަދި ސްޕެއިންއިން 466 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތިން މަހުގެ އެވަރޭޖް ނަންބަރުތަކަށް ބަލާއިރު ޖުލައި މަހު ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އަދި އޮގަސްޓް މަހު ދުވާލަކު އެވަރޭޖްކޮށް 218 ފަތުރުވެރިން އައިއިރު، ސެޕްޓެމްބަރު މަހު މި އަދަދު ވަނީ 45.9 ޕަސެންޓު އިތުރުވެ، 318އަށް އިތުރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: