ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަން މެރިންއިން މަސްވެރިކަމުގެ ސާމާނުގެ އަގު 50 އިންސަައްތައަށް ތިރިކޮށް ހާއްސަ ޕްރޮމޯޝަންއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމަށް ބޭނުންވާ ތަފާތު އެކި ސާމާނާއި އެކު ސަން މެރިންއިން 50 އިންސައްތަ ޑިސްކައުންޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، މަސްވެރިކަން ކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނުތައް ހެޔޮ އަގެއްގައި ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި މަސްވެރިކަމަށް ބޭނުންކުރާ ދޮށި ވެސް ހިމެނެއެވެ.

“ސަންގު” އަށް މައުލޫމާތު ދެމުން ސަން މެރިންއިން ބުނެފައިވަނީ މި ޕްރޮމޯޝަންގެ ދަށުން ލިބޭނީ ކޮލިޓީ ބްރޭންޑެޑް ތަކެތި ކަމަށެވެ. އަދި އާއްމުގޮތެއްގައި މަސްވެރިކަން ކުރާއިރު ބޭނުންވާ ހުރިހާ ސާމާނެއް ވެސް ސަން މެރިންއިން ލިބެން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހާއްސަކޮށް މި ދުވަސްވަރަކީ މަސްވެރިކަމަށް ހާއްސަ ދުވަސްވަރެއްކަމުން، މިއީ ކަސްޓަމަރުންނަށް ލުއިފަސޭހައެއް ގެނެސްދިނުމަށް ފެށި ޕްރޮމޯޝަނެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ތަފާތު އެކި ސާމާނުތަކަށް ހުންނަ ޑިމާންޑުވެސް އިތުރުވަމުން އަންނައިރު އެންމެ ބޮޑު އެއް ބޭނުމަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

 

 

ސަން މެެރިންގެ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިޔަށް ދާނެ

މީގެ އިތުރުން ކުދި ދޯނިފަހަރުތަކާއި، ލޯންޗުތަކުގައި ފަރުމަސްވެރިކަމަށް ދާ ފަރާތްތަކަށް ވެސް ބޭނުންވާ ހާއްސަ ސާމާނު މި ސޭލްގެ ދަށުން ލިބެން ހުންނާނެއެވެ.

ސަން މެރިންގެ ތަކެތި ލިބެން ހުންނާނީ، ފުޑް ކޯޓު އިރުމަތިފަރާތުގައި ހުޅުވާފައިވާ ފިހާރައިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: