ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުގެ ހާލުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހާ މައާފަށް އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުގެ ހާލުގައި ހުރެގެން އިސްލާމް ދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ މައާފަށް އެދިއްޖެއެވެ.

މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާގެ މީހަކު މިދިޔަ ހުކުރު ދުވަހުގެރޭ ފުލުހުން ވަނީ ހައްޔަށް ގެންގޮސްފައެވެ. ނަމަވެސް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިޔުމުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

އޭނާ ބަންދުން ދޫކޮށްލި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ފުލުހުން ވަނީ ބަންދުން ދޫކޮށްލި ނަމަވެސް އޭނާގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.

އެ މައްސަލާގައި އާންމުން ރަތަށް އަރާފައި ވަނިކޮށް ސޯސަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ، އެރޭ ހިނގާދިޔަ އެއްވެސް ކަމެއް އޭނާ ހަނދާނެއް ނެތް ކަމަށެވެ.

އަދި އޭނާގެ ވޮލެޓުވެސް ގެއްލިފައިވާކަމަށާއި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބޭފަދަ ގޮތަކަށް އޭނާއަށް އަމަލުކުރެވިފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކަށް ކުޑައިމިސްކަމެއް ރައްދުވާފަދަ ގޮތަކަށް އޭނާއަށް އެއްޗެއް ބުނެވިފައިވާނަމަ ނިހާޔަތަށް މައާފަށް އެދޭކަމަށެވެ.

ވަރަށް ގަދަ
19%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: