ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއެކު ދެ މެމްބަރަކު އައިސޮލޭޝަންގައި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ތިން މެމްބަރަކު އައިސޮލޭޝަންގައި ތިއްބެވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު މިއަދު ފެށިފައިވާއިރު، ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲއެވެ.

އެގޮތުން ޖަލްސާ ފައްޓަވައި ދެއްވަމުން އީވާ ވިދާޅުވީ އައިސޮލޭޝަންގައި ތިން މެމްބަރަކު ތިއްބެވި އިރު ލޮކްޑައުންގައި އެއް މެމްބަރަކު ހުންނެވި ކަމަަށެވެ.

ރައީސް ނަޝީދު އައިސޮލޭޝަންގައި ހުންނެވީ އެމަނިކުފާނު އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންނެވުމާ ގުޅިގެންނެވެ. އެމަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށްފަހު އެނބުރި ވަޑައިގެންނެވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

އައިސޮލޭޝަނުގައި ދެން ތިއްބެވި ދެ މެމްބަރުންގެ ނަން އީވާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެތަނުން އެއް މެމްބަރަކީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފުކަން އެނގެއެވެ. ލަތީފުގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޯމް ކަރަންޓީނުގައި ހުންނެވި ކަމަށް އޭނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: