ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެލެނިވެރިންގެ އިތުރުން ދަރިވަރުންނަށް އެންމެ ހެޔޮ އަސަރުތަކެއް ގެނުވާ ބަޔަކީ މުދައްރިސުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބެލެނިވެރިންގެގެ އިތުރުން ދަރިވަރުންނަށް އެންމެ ހެޔޮ އަސަރުތަކެއް ގެނުވާ ބަޔަކީ މުދައްރިސުން ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މިއަދު ފާހަގަ ކުރަމުންދާ މުދަރިއްސުންގެ ދުވަހާއި ގުޅިގެން މުދަރިއްސުންނަށް ދުވުހުގެ ތަހުނިޔާ ވިދާޅުވެ ކުރި ޓުވީޓެެއްގައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުން އަދާކުރާ ދައުރު ވަރަށް ބޮޑުކަމަށާއި، އެބޭފުޅުންގެ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތްތަކެއްކަމަށެވެ.

އަދި ޤައުމުގެ އަންނަން އޮތް ޖީލު ބިނާކުރެއްވުމުގައި މުދައްރިސުން ކުރައްވާ މަސައްކަތް ރައީސްގެ ޓުވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މުދަރިއްސުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކޮށް ޓުވީޓެއް ކުރައްވާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: