ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ މިސްރާބު ބަދަލު ނުކޮށްފި ނުރައްކާތެރި ކަންތައްތަކެއް ފެންމަތިވެދާނެ: ތޯރިގު

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ގައުމުގެ މިދާ މިސްރާބު ބަދަލު ނުކޮށްފިނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ މެދު ތެރެއިން ނުުރައްކާތެރި ކަންތައްތަކެއް ފެންމަތިވެދާނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މުވައްޒަފަކަށް ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ މިއަދުގެ ގައުމު މި ގެންދާ މިސްރާބު ބަދަލު ނުކޮށްފިނަމަ، ހިތާމަވެރި ގޮތްތަކެއް ސަރުކާރަށް ކުރިމަތިވެދާނެ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު އައުމުގެ ކުރިން ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން ރައީސް ސޯލިހުއާ ބައްދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އެކަންތައްތައް ދިމާވީމާ އެއީ ޕޮލިސް އިމުއިނިޓީއޭ ނުވަތަ ބަޣާވާތެކޭ ޑރ. ވަހީދަކީ މިވެނި މީހެކޭ ދެއްކުމުގެ ފުރުސަތެއް ނޯނާނެ. އެހެންކަމުން އަޅުގަނޑު މި ދަންނަވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން ރައީސް ސޯލިހުއާ ބައްދަލުކުރާ ދުވަހެއް އަތުވެދާނެއޭ. މިސްރާބު މިވަގުތު ބަދަލުކޮށްދެއްވާށޭ.” ތޯރިގު ވިދާޅުވިއެވެ.

ތޯރިގު މިހެން ވިދާޅުވުމުން ނިޒާމީ ނުގުތާއެއް ނަންގަވައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ވަހީދު ލައްވައި އިދިކޮޅުން ބަޣާވާތެއް ކުރަން ރާވަމުންދާ ކަމަށާއި ރައީސްއަށް ދެއްވީ އިލްތިމާސް އަކަށްވުރެ ބޮޑަށް އިންޒާރެއް ކަމަށެވެ.

“އަޅުގަނޑު ހައިރާން ވަނީ ޕީޕީއެމްކަހަލަ ޑިމޮކްރެޓިކް ޕާޓީ އަކުން ބަޣާވާތެއް ރާވަމުންދާތީ. އެއީ ހަގީގަތުގައި ވެސް ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް. އަޅުގަނޑު މިހާރުން މިހާރަށް ގޮވާލަން ޑރ. ވަހީދު ޕާޓީން ވަކިކުރަން، ޕީޕީއެމް ހަލާކުވެގެން ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް.” ހަލީމް ވިދާޅުވިއެވެ.

ހަލީމަށް ރައްދު ދެއްވައި ތޯރިގު ވިދާޅުވީ ޕީޕީއެމް އަކީ ބަޣާވާތް ކުރާނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން ކަންތައް ކުރާނީ ގާނޫނުގެ ތެރެއިން ކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: