ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވަހީދު އުޅެނީ ބަޣާވާތް ކުރަން، މިހާރުން މިހާރަށް ޕީޕީއެމްއިން ވަކި ކުރޭ: ހަލީމް

ބިލެތްދޫ ދާއިރާގެ މެމްބަރު އާދަމް ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ވަހީދު އުޅުއްވަނީ އަނެއްކާވެސް ބަޣާވާތެއް ކުރަން ކަމަށާއި އެހެންކަމުން އެމަނިކުފާނު މިހާރުން މިހާރަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަކި ކުރަން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ގޮވާލައިފިއެވެ.

ހަލީމް މިހެން ވިދާޅުވީ މިއަދުގެ ގައުމު މި ގެންދާ މިސްރާބު ބަދަލު ނުކޮށްފިނަމަ، ހިތާމަވެރި ގޮތްތަކެއް ސަރުކާރަށް ކުރިމަތިވެދާނެ ކަމަށް ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން 2023 ވަނަ އަހަރު އައުމުގެ ކުރިން ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން ރައީސް ސޯލިހުއާ ބައްދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އެކަންތައްތައް ދިމާވީމާ އެއީ ޕޮލިސް އިމުއިނިޓީއޭ ނުވަތަ ބަޣާވާތެކޭ ޑރ. ވަހީދަކީ މިވެނި މީހެކޭ ދެއްކުމުގެ ފުރުސަތެއް ނޯނާނެ. އެހެންކަމުން އަޅުގަނޑު މި ދަންނަވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން ރައީސް ސޯލިހުއާ ބައްދަލުކުރާ ދުވަހެއް އަތުވެދާނެއޭ. މިސްރާބު މިވަގުތު ބަދަލުކޮށްދެއްވާށޭ.” ތޯރިގު ވިދާޅުވިއެވެ.

ތޯރިގު މިހެން ވިދާޅުވުމުން ނިޒާމީ ނުގުތާއެއް ނަންގަވައި ހަލީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ވަހީދު ލައްވައި އިދިކޮޅުން ބަޣާވާތެއް ކުރަން ރާވަމުންދާ ކަމަށާއި ރައީސްއަށް ދެއްވީ އިލްތިމާސް އަކަށްވުރެ ބޮޑަށް އިންޒާރެއް ކަމަށެވެ.

“އަޅުގަނޑު ހައިރާން ވަނީ ޕީޕީއެމްކަހަލަ ޑިމޮކްރެޓިކް ޕާޓީ އަކުން ބަޣާވާތެއް ރާވަމުންދާތީ. އެއީ ހަގީގަތުގައި ވެސް ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް. އަޅުގަނޑު މިހާރުން މިހާރަށް ގޮވާލަން ޑރ. ވަހީދު ޕާޓީން ވަކިކުރަން، ޕީޕީއެމް ހަލާކުވެގެން ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް. އަޅުގަނޑު ގޮވާލަން ޕީޕީއެމް/ޕީއެންސީއަށް މިހާރުން މިހާރަށް ވަހީދު ޕާޓީން ވަކިކުރަން” ހަލީމް ވިދާޅުވިއެވެ.

ހަލީމަށް ރައްދު ދެއްވައި ތޯރިގު ވިދާޅުވީ ޕީޕީއެމް އަކީ ބަޣާވާތް ކުރާނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން ކަންތައް ކުރާނީ ގާނޫނުގެ ތެރެއިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: