ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކުގެ ބައެއް އެމްޑީން ރިސޯޓުތަކުން ފަރިއްކުޅުވުމަށްފަހު ބިލެއް ނުދައްކާ: ބޮންޑޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކުންފުނި ތަކުގެ ބައެއް މެނޭޖިން ޑިރެކްޓަރުން ރިސޯޓްތަކަށް ގޮސް ފަރިއްކުޅުވުމަށްފަހު ބިލް ނުދައްކާކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ތުހުމަތު ކުރައްވައިފި އެވެ.

ބޮންޑޭ މިހެން ވިދާޅުވީ ދައުލަތުގެ މުވައްޒަފަކަށް ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅަން ގާނޫނުލް އުގޫބާތަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން ބޮންޑޭ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ވަރަށް ގިނަ ކޮރަޕްޝަންގެ އަމަލުތައް ހިނގާ ކަމަށާއި އެގޮތުން ކުންފުނިތަކުގެ އިސްވެރިން ރިސޯޓްތަކަށް ގޮސް ފަރިއްކުޅުވުމަށްފަހު ނުވަތަ ޗުއްޓީ ހޭދަކުރުމަށްފަހު ބިލް ނުދައްކާ އަންނަކަމަށެވެ.

“އަޅުގަނޑަށް ފާހަގަކުރެވޭ ދައުލަތުގެ ކުންފުނިތަކެ ތެރޭގައި ނާޖާއިސް ފައިދާ ނެގުމާއި، ކުންފުނިތަކުގެ ވެރިން ރިސޯޓުތަކަށް ވަޑައިގެން ފަރިއްކުޅުވާފައި ބިލު ނުދައްކައި ދޭ އެބަ. ރިސޯޓުތަކުގެ ކުދިން ވެސް އެބަ ބުނޭ އަޅުގަނޑުމުން ކައިރި، މިވެނި ބަޔަކު އައިސިޔޭ، ފަރިއްކުޅުވާފައި ހިނގައްޖޭ، ބިލެއް ނުދައްކައޭ.” ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ މިބިލްގައި ހަދިޔާގެގޮތުގައި ލިބޭ އެއްޗިއްސާއި އެކަށީގެންނުވާ ޑިސްކައުންޓާ މިފަދަ ކަންކަމަކީ ކޮރަޕްޝަންގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ބޮންޑޭ ވަނީ ބައެއް ކުންފުނިތަކުގެ އެމްޑީން ވަގުތު އީމެއިންތައް ހަދައިގެން އަމިއްލަޔަށް ކޯޓޭޝަންތައް ނަގާ އެ ކޯޓޭޝަންތައް އެޕްރޫވް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

ނުހައްގު މުއްސަނދިކަށް ކުށަކަށް ހެދުމަށް މޫސާ ސިރާޖު ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު، ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުމާއި، އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެއް ކަމަށެވެ.

އެފަދަ މީހެއްގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.

އެ އިސްލާހުގައިވާގޮތުން، ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެންބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.

އެހެން ކަމުން އެފަދަ ކުށެއްގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: