ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ: އަދީބުގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ވެސް ސާބިތުވާކަމަށް ކަނޑައަޅައި 20 އަހަރުގެ ޖަލުހުކުމެއް އިއްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލިއެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.

މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައިގެން ސިޔާސީ އެކި އެކި ބޭނުންތަކަށް ހަރަދުކުރުމަށްޓަކާ ދައުލަތުން ފައިސާ ބޭނުން ކުރުމަށް އިތުރު ބަޔަކާއި ގުޅިގެން ރާވާ އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި އިތުރު ބަޔަކާއި ގުޅިގެން އެމްއެމްޕީއާރުސީ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްގެން ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދިވެހި ރާއްޖޭގެ ފަޅުތަކައި، ފަޅު ރަށްތައް ދޫކޮށް އެތަކުގެ ލީސް އިކުއިޒިޝަން ކޯސްޓު ނުވަތަ ސޭލް ޕްރައިޒްގެ ގޮތުގައި ލިބޭ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް އެ ލިބޭނެ ގޮތުގެ އިންތިޒާމު ހަމަޖެއްސިކަމަށް އެނގެން އެބައޮތް ކަމަށެވެ. އަދި ރަށްތަކުގެ އިކުއިޒިޝަންގެ ގޮތުގައި ލިބިފައިވާ ފައިސާތައް، އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި ޒިޔަތު އެ ފައިސާތައް ޖަމާކޮށްފައިވަނީ އަދީބުގެ އިރުޝާދުގެ މަތީން އޭނާ އަންގާ ބައެއްގެ އެކައުންޓަށް ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީން ލިބެން ޖެހޭ ލީޒް އިކުއިޒިޝަން ކޯސްޓު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެ ފައިސާ ޓްރާންސްފާ ކުރީ އަދީބު އިރުޝާދު ދޭ ބައެއްގެ އެކައުންޓަށް ކަމަށް ހުކުމުގައި ވެއެވެ. އަދި ހުކުމުގައި ވަނީ ފައިސާތައް ޖަމާކޮށްފައިވާ އެކައުންޓު ނަމްބަރުގެ ތަފްސީލުތައް ވެސް ހިމަނާފައެވެ.

އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާއިން ބައެއް ފައިސާތައް އަމިއްލަ މީހުންގެ އެކައުންޓަށް ވެސް ޖަމާކޮށްފައިވެއެވެ. އަދި މި އަދަދުތައް ޖަމާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި އެސްއޯއެފް ޕްރައިވެޓްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ. މި ޓްރާންސެކްޝަންތައް ހިންގާފައިވަނީ 2015 ވަނަ އަހަރުއެވެ.

ހިޔާނާތުގައި ބައިވެރިވުމުގެ ކުށާއި ގުޅޭގޮތުން ހުކުމުގައި ބުނެފައިވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ސާފުވެފައިވާކަމާއި ދައުވާއަށް އިއުތިރާފުވާކަމަށް އަދީބު ބުނެފައިވާ ކަމަށެވެ. އަދި އަދީބާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ދެމެދު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ދުވަހު އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމަކީ އެއްވެސް މަޖުބޫރުކަމެއް ނެތިވެފައިވާ އެއްބަސްވުމެއްކަމަށް އަދީބު ބުނެފައިވާ ކަމަށާއި، އެ ބަލައިގަތުމަށް ހުރަހެއް އޮތް ކަމަށް ޝަރީއަތަށް ނުފެންނާތީ އެ އެއްބަސްވުން ބަލައިގަތުމަށް ނިންމާފައިވާކަމަށް ހުކުމުގައި ވެއެވެ.

ހުކުމުގައި ބުނެފައިވަނީ އަދީބު ނައިބް ރައީސްކަމުގެ މަގާމާއި ހަވާލުވުމަށްފަހު މަގާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ފަޅުތަކާއި، ރަށްތަކުން ލިބެންޖެހޭ ފައިސާއަށް ހިޔާނާތްވެފައިވާ ކަމަށެވެ. އެ ފައިސާތައް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި، ފައިސާގެ ޗެކު ޖަމާކޮށްފައިވަނީ އަދީބު އަންގާ ބައެއްގެ އެކައުންޓަށް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އޭރު ބޭނުކުރީ ސިޔާސީ އެކި ބޭނުންތަކަށާއި، މިކަމުގައި އަދީބަށް އެހީތެރިވެދިނީ ޒިޔަތުކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. ހުކުމުގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށް ވެސް ހިޔަނާތް ހިންގާފައިވާ ކަމަށެވެ.

އަވަސް ނިޔާގެ މައްސަލައިގައި އަދީބު ކުށަށް އިއުތިރާފުވެ، މައްސަލަ ސާބިތުވެފައިވާތީ އެނާގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގައި އެއް މިލިއަން ޑޮލަރުން ޖޫރިމަނަކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: