ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ ހަސަން، އަދީބަށް: މަގާމަށް އާދެވުނު ގޮތް ހަނދާން ކުރޭ، މިއަދު ނަފްސަށް އެހީވާނެ މީހެއް ވެސް ނެތް!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޤަފޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައަކީ އެންމެ މީހެއްގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށާއި، އެތައް ބައެއްގެ ހައްގުތަކެއް ގެއްލުގެން ދިޔައިރު ތައުބާވި ކަމަށް ގަބޫލު ކުރެވޭނީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައިދެއްވުމުން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ހުކުމް އިއްވެވި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވިދާޅުވެއްޖެއެވެ.

ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލި އެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ ދެ ދައުވާ އެކެވެ.

މި ދައުވާތަކަށް އަދީބު ވަނީ އިއުތިރާފުވެފައެވެ. އަދި މިރޭ މި މައްސަލަތައް ނިންމާލާފައިވަނީ އަވަސް ނިޔާއެއްގެ ގޮތުގައެވެ.

މައްސަލަ ބެއްލެވި ގާޒީ ހަސަން ވިދާޅުވީ މިއަދު އަދީބު ހިޔާނާތުގައި އެހީތެރިކަން ދިން މީހުން އެކަން ކުރި ގޮތުގެ މައްޗަށް ވިސްނާލުން މުހިންމު ކަމަށެވެ. އެހެން ނަމަވެސް ކަން ނިމިގެން ދިޔައިރު ނަފްސާއި އަޅާލާނެ މީހެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. މައްސަލަ ބެއްލެވި ގާޒީ، އަދީބުގެ މައްޗަށް ހުކުމް އިއްވަވާ ވިދާޅުވީ، ނަފްސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ގާޒީ ހަސަން ވިދާޅުވީ މުޅި ދުނިޔެއަށް މިފަދަ މައްސަލައެއްގައި ފަޟީހަތް ވެގެން ދިއުމަކީ މުޅި ދައުލަތް ލަދުގަންނަވަރުގެ ކަމެއް ކަމަށެވެ. އަދި މިއީ އަދީބަށް ދެރައެއް އެދިގެން ދައްކަވާ ވާހަކައެއް ނޫން ކަމަށާއި، އެހެން ނަމަވެސް ޒުވާނަކަށް ވެ ހުރެ، ގައުމުގެ އެހާ ބޮޑު މަގާމެއް ލިބުނު ގޮތް އެއްވެސް ގޮތަކަށް ހަނދާނަށް ނުގެނެވުނީތީ ހިތާމަ ކުރަންޖެހޭ ކަމަށެވެ.

ދައުވާތަކުން އަދީބުގެ މައްޗަށް އަންނަ ހުކުމްތަކުގެ ބައެއް ތަފްސީލުތައް އުނި ކުރުމުން ވެސް ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ އަޑުއެހުމާއި ގުޅޭގޮތުން ގާޒީ ވަނީ ވިސްނުމަށް އަދީބުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ހުކުމުގެ ދުވަސްތަކުގެ ތެރޭގައި މި މައްސަލައާއި މެދު ފުންކޮށް ވިސްނާ ފިކުރުކޮށް، މިކަން ހިނގައިދިޔަ ގޮތުގެ މައްޗަށް އަމިއްލަ ނަފުސާއި ސުވާލު ކުރުމަށް އެދޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އެދެނީ މައްސަލައިގައި އެއްބާރުލުން ދެއްވުމަށް ކަމަށާއި، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ލިބޭނެ ގޮތެއް ހޯދުން މުހިންމު ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ތައުބާވީ ކަމަކަށް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. މިއީ އެންމެ މީހެއްގެ ހައްގެއް ނޫން ކަމަށާއި އެތައް ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއްގެ ގޮތުގައި ގާޒީ ފާހަގަ ކުރެއްވިއެވެ.

މި ފައިސާތައް ދައުލަތަށް ލިބިގެން ނޫން ގޮތަކަށް އިންސާފު ލުބުނުކަމަށް ނުބެލެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ވަނީ، ކޮރަޕްޝަނުގެ ފައިސާއިން ސިޔާސީ އެކި މީހުންނަށް މަންފާ ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދީބު ވިދާޅުވީ މަޖިލީހުގައި ނެގުނު އެކި ވޯޓުތައް ވެސް ފައިސާ ހަރަދުކުރެވިފައިވާ ކަމަށެވެ. ތަހުގީގަށް އެއްބާރުލުން ދީ އެ މައުލޫމާތުތައް ދެމުން ގެންދާކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ މަންފާ ހޯދިމީހުން އެ ފައިދާއިން ވިޔަފާރިތައް ވެސް ހިންގަމުން ދާ ކަމަށެވެ. އަދީބު ވިދާޅުވީ އެއްބާރުލުން ދިނުމުން ފައިސާ ހޯދާ، މައްސަލަ ކޮޅެއްގައި ޖެހުމަށް ފަސޭހަ ވާނެ ކަމަށެވެ.

މީގެ އިތުރުން އަދީބު ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓު ވެސް ބޭނުން ކުރީ އޭރުގެ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދީބު ވިދާޅުވީ މައްސަލައިގައި އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މިއީ މީގެ ކުރީގެ ސަރުކާރުން ރާވައިގެން ހިންގި ސްކީމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދީބު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރެވިފައިވާ ކުށްތަކަށް ތައުބާވެފައިވާ ކަމަށާއި އަދި ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ

ވަރަށް ގަދަ
36%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 23%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އަދީބް އަދިވެސް ތިދޮގުހަދަނީ ޖަލުގަހުންނަންޖެހޭ މުއްދަތު މަދުކުރުމަށް މިސަރުކާރާއިއެކު ޑީލްހަދައިހެންތޯ. ތީ މިގައުމަށް އުފަންވި ޑޯން އެއް.

  2. ތިމާއާއި ތިމާގެ ދަރިދަރި ފަސްކޮޅަށް ލައްޒަތުގެ ދިރިއުޅުން އުޅެވޭ ވަރަށް ރައްޔުތުންގެ ފައިސާއިން ވައްކާން ކޮށްފަ މާއްފަ އެދުނަކަސް އެކަން ބަލައް ނުގަނެވޭނެ. ފައިސާ ތައް އަނބުރާ ހޯދާދިނީމި އެކަން އެނިނުނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: