ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޑޭގައި ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން އަދީބަށް އިއްވި ހުކުމާއެކު އެދަނީ ސާބިތުވަމުން: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

އެކެއް މެއި 2015ގައި ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް އިއްވި ހުކުމާއެކު އެދަނީ ސާބިތުވަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މި ދައުވާތައް ސާބިތުވެ ކްރިމިނަލް ކޯޓުން މިރޭ ވަނީ އަދީބަށް 20 އަހަރުގެ ޖަލު ހުކުމަކާއެކު ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ހުކުމްކޮށްފައެވެ. ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަދީބަށް އަންގާފައެވެ.

މި ހުކުމާއެކު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ވެރިކަމުގައި ތިބި ފަރާތްތައް މޭޑޭގައި މަގުމައްޗަށް ނުކުމެ ދެއްކީ، އެއިރު ވެރިކަމުގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެރިން ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުންކުރަމުން ދިޔަ ވާހަކަ ކަމަށެވެ. އަދި މިއަދު އެކަމުގައި ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއެކު ޝަރީއަތަށް އެކަންކަން އެދަނީ ސާބިތުވަމުން ކަމަށް ވިދާޅުވިއެވެ.

“އެ ދުވަހުގެ ހާލަތާ މިއަދުގެ ހާލަތު ވަޒަންކޮށްލީމާ ހިތަށް އަރަނީ ﷲ ގެ ކުޅަދުންވަންތަކަން. އޭރުވެސް ދެންނެވިން އަދި މިހާރު ވެސް މި ދަންނަވަނީ އެއްވެސް މީހަކަށް އަޅުގަނޑުމެނެއް އަނިޔާވެރި ނުވާނަން! ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައިދޭނަން. އިންޝާﷲ” އިމްރާން ވިދާޅުވިއެވެ.

އަދީބަށް ކުރި ހަތް ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މީގެކުރިން އަމުރުކޮށްފައިވީ ނަމަވެސް ބަލި ހާލަތު ހުރި ގޮތުން ކަމަށް ބުނެ ކޯޓުގެ ހުއްދަޔާއެކު އަދީބު މިހާރު ވަނީ ގެއަށް ބަދަލުކޮށްފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވަނީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: