ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކުށަށް ބަލާއިރު އަދީބަށް އިއްވި ޙުކުމަކީ އިންޞާފަށް ލިބުނު ކުރިއެރުމެއް ނޫން، އުފަލެއް ނުވޭ!”

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރި ކުށަށް ބަލާއިރު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް އިއްވި ޙުކުމަކީ އިންޞާފަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތުގެ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ އެ ހަތް ދައުވާ ސާބިތުވާކަމަށް ނިންމައި އޭނާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއެކު 20 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މި ހުކުމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ކުރި ކުށަށް ބަލާއިރު ޙުކުމަކީ އިންޞާފަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި މި ހުކުމާއި މެދު އުފާ ނުކުރައްވާ ކަމަށެވެ.

“މިއީ ޢިބްރަތެއް، ގޯހަކުން ލިބޭނެ މޮޅެއް، ޢިއްޒަތެއް އަދި ޙައްޤަކަށް އަރައިގަނެގެން ލިބޭނެ ކުރިއެރުމެއް ނެތްކަން. މީހުން ފްރޭމްކޮށްގެން ކުރި ނުލިބޭނެކަން، ތަޤްދީރުގެ ނިޔާ މާ މޮޅުވާނެކަން ޤަބޫލްކުރަންވާނެ” ޖަމީލު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: