ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ހަގީގީ ސަބަބު ސިއްރެއް ނުކުރެވޭނެ”

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ތިބި ހަގީގީ ސަބަބު ހާމަކުރަން ޖެހޭނެ ކަމަށާއި އެކަން ސިއްރެއް ނުކުރެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އަބްދުﷲ ދީދީ މިހެން ވިދާޅުވީ ރާއްޖޭއާއި އިންޑިއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނޫ އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރު ބޭނުންކުރެވޭނީ ގާނޫނު އަސާސީގެ 115(ރ)އާ އެއްގޮތަށް ކަމަށާއި ރައްޔިތުންނަށް ޖަވާބުދާރީވަނިވި އުޞޫލަކުން ކަމަށެވެ.

“އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ޢަދަދާއި، ތިބި ޙަޤީޤީ ސަބަބު ހާމަކުރަންވާނެެ. އދ. ގެ ޗާޓަރ 102 އާ ޚިލާފަށް އެއްބަސްވުން ސިއްރު ނުކުރެވޭނެ.” އަބްދުﷲ ދީދީ ވިދާޅުވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހަޅި މައްސަލައެއްގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑު އެހުމުގައި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ.

ސިމާހު ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ވާގޮތުން ދިވެހި ރާއްޖޭގެ އަމަން އަމާންކަމަށާއި، ސަލާމަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް އާންމު ނުކުރެވޭނެ ކަމަށް ސިމާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 32%ހައިރާންވެއްޖެ 5%ވަރަށް ދެރަ 47%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނުބެހޭ ކަންތަކާ ނުބެހުނިއްޔާ ރަނގަޅުވާނީ. ދިވެހިރާއްޖެއަކީ ކުޑަކުޑަގައުމެއް ބޭރުގައުމުތަކުގެ އެހީތެރިކަމަށް ނުހަނުބޭނުންޖެހިފަވާ ގައުމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: