ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއައިސީއަށް ގާސިމް އައްޔަންކުރަން އާންމުންގެ ހިޔާލު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) މެމްބަރުކަމަށް އައްޔަންކުރުމަށް ރައީސް ހުށަހަޅުއްވާފައިވާ ފަރާތާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

އެންއައިސީގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ހުށަހަޅުއްވާފައިވާ ފަރާތަކީ ޅ. ނައިފަރު، ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމް އެވެ.

ގާސިމް އެމަގާމަށް އައްޔަނު ކުރެއްވުމަށްޓަކައި މަޝްވަރާ ކުރެއްވުމަށް ރައްޔިތުންގެ މަޖިހަށް ރައީސް ހުށަހަޅުއްވާފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

އެކަމާއި ގުޅިގެން މަޖިލީހުން ނެރުނު އިއުލާނެއްގައި ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައީސް ފޮނުއްވާފައިވާ މައްސަލަ 05 އޮކްޓޫބަރު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި އިއުލާނުކުރުމަށް ފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ފޮނުއްވި ނަމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާކަން އިއުލާންކޮށް މަޖިލީހުން ބުނީ ގާސިމް އަބްދުލްކަރީމް ގުޅޭގޮތުން ޝަަކުވާއެއްވާނަމަ 12 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީއަށް މެއިލް ކުރަން ޖެހޭނެ ކަމަށެވެ. ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅިދާނެ ކަމަށް ވެސް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: