ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް!

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް. ފޮޓޯ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރާއެކު ރާއްޖެއިން ވެފައިވާ ހުރިހާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަންނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ނައިފާރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ރާއްޖެއާއި އިންޑިއާއާއެކު ވެފައިވާ އެކިއެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭހެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އޮތް ކަމަށެވެ.

މި މައްސަލަ ކިޔުއްވުމަށްފަހު ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ދޭދޭ ގައުމުތަކާ ދެމެދު ދިވެހިން ބާއްވަން ޖެހޭ ގުޅުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކޮމާންޑަ އިން ޗީފްގެ ގޮތުގައި އަދާކުރަންޖެހޭ މައްސޫލިއްޔަތުއް ކަމަށެވެ. އަދި ރައްޔިތުންގެ ބުރައެއް އުފުލަން ޖެހޭ ބާވަތެއްގެ އެގްރީމެންޓެއް ސަރުކާރުން ކުރާ ނަމަ އެއެގްރީމެންޓެއް ކުރެވޭނީ މަޖިލީހުން އިޒްނަ ދީގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑަކަށް އެއްވެސް ޝައްކެއް ނުހިނގާ އެބާވަތުގެ އެގްރީމެންޓެއް ރައީސް ކުރައްވާނަމަ މި މަޖިލީހަށް އޭގެ ފުރިހަމަ މައުލޫމާތު ލިބިވަޑައިގަންނަވާނެ. އަދި އިއްޒަތްތެރި މެމްބަރު ތި އެދިވަޑައިގަންނަވާ މައުލޫމާތު ރަނގަޅަށް މި މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ މެދުވެރިކޮށްގެން އިއްޒަތްތެރި މެމްބަރަށް ހޯދޭނެ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މަޖިލީހަށް ބަލައިގަނެވެން އޮތް ކުއްލި މައްސަލައެއް ނޫން.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މިހާކައާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި މައްސަލަ ހުށަހެޅުއްވި މެމްބަރު ޝިޔާމް ވިދާޅުވީ އެކަމާ ވަރަށް ހިތާމަކުރާ ކަމަށާއި އެއީ މަޖިލީހުން ޑޮމޮކްރަސީގައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ސަރުކާރު އޮތްހާ ހިނދަކު މަޖިލިސް ތަޅުލާފައި ބޭއްވުމަށް ދެކިލައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ހުށަހަޅުއްވަން އުޅުނު ކުއްލި މައްސަލައިގައި ވަނީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވަން 50 އަށްވުރެ ގިނަ އިންޑިއާ ސިފައިން ތިބި ކަމަށާއި 10 އަހަރުވީއިރު ދިވެހި ޕައިލެޓުން ތަމްރީނު ކުރެވިފައި ނުވާއިރު އެކަމުގެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ވަނީ ގޮވާލާފައެވެ.

އަދި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އިންޑިއާ ސަރުކާރުން ކުރާގޮތަށް ވެފައިވާ އެއްބަސްވުމާއި އެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅަން ޖެހުނީ ކީއްވެކަން ރައްޔިތުންނަށް ހާމަކޮށްދީފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގައި ޝަރުތު ކޮށްފައިވަނީ ކޮންކަމެއް ކަމާއި ދާދިފަހުން ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލު ހާމަކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އިންޑިއާގެ ސިފައިން ރާއްޖޭގައި ދާއިމީކޮށް ބޭތިއްބުމުގެ ބަދަލެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވުމާއި އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން އަޑިނޭނގޭ ކަންތައްތަކެއް ކުރަމުން އަންނަކަމުގެ ޝަކުވާ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާތީ އެކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރު އަރާނެ ކަމަށެވެ.

އެހެންކަމުން އިންޑިއާ ސަރުކާރާއެކު މި ސަރުކާރުން ހަދާފައިވާ އަދި އާކޮށްފައިވާ ހުރިހާ އެއްބަސްވުމެއްގެ ތަފްސީލު ހާމަކުރުމަށް ޝިޔާމުގެ ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: