ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބުރާ ބެހުން އޮންނަންވާނީ މަދަނީ ކުށެއްގެ ގޮތުގައި: އެމްޖޭއޭ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަބުރާ ބެހުމުގެ ކުށަކީ މިހާރު ވެސް އޮންނަ ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ކުށެއް ކަމަށާއި އެ ކުށް އޮންނަން ޖެހޭނީ އެގޮތަށް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ “އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް” އާއި ގުޅިގެން އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނެއް ބުނެފައިވަނީ އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ އޭގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިންތައް ހަނިކުރޭނެ ކަމެއް ކަމަށެވެ.

އެގޮތުން އެއީ ޖިނާއީ ކުށަކަށް ހަދައިފިނަމަ އެންމެ ރަނގަޅު ގޮތުގައި، މުޖުތަމައުގެ ލާބަޔަށް އެ ހައްގުތައް ބޭނުންކުރަން ނޫސްވެރިންނާއި އާއްމުން ފަސްޖެހި، ހައްގުތައް ހެޔޮގޮތުގައި ބޭނުންކުރާ ފަރާތްތަކުގެ އަނގަ ބަންދުވެގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮވެއްޖެ ނަމަ ނޫސްވެރިކަމާ ގުޅުންހުރި ކަންކަން ރެގިއުލޭޓްކުރުމުގައި ސަރުކާރަށް ނުފޫޒު ފޯރުވޭ ދައުރެއް އޮވެ، މިނިވަން އަދި ތަހުގީގީ ނޫސްވެރިކަމެއް ކުރުމަށް އޮތް ޖާގަ ހަނިވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.

އެމްޖޭއޭގެ ބަޔާނުގައި ވާގޮތުން އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ މި ޖަމިއްޔާއިން އަބަދުވެސް ދެކޮޅު ހަދާނެއެވެ. އަދި ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅާ “އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދުނުމުގެ ބިލް”ގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާނެ ފަދަ އެއްވެސް ކަމެއް ނުހިމެނުމަށް، އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން “އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް” ގައި ނޫސްވެރިކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިދާރާތަކުން ދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަބުރުގެ ބިލާ ގުޅޭ ގޮތުން ނޫސްވެރިންނާއި މީޑިއާތަކުގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ލިބުމުން ސަރުކާރުގެ އިދާރާތަކާއެކު އެ މައްސަލައިގައި މަޝްވަރާކުރެވުނު ކަމަށް އެމްޖޭއޭ އިން ބުނެއެވެ. އަދި މި ބިލުގެ ޑްރާފްޓިން މަރުހަލާގައި ނޫސްވެރިންގެ ހިޔާލު ހޯދާނެ ކަމުގެ ޔަގީންކަން ވެސް މި ޖަމިއްޔާ އަށް ވަނީ ލިބިފަ އިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޖޭއޭ އިން ވަނީ އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އަދަދެއް ގާނޫނުގައި ހިމެނިގެންދާއިރު، އެ އަދަދު ކަނޑައެޅުމުގައި އާންމު މުޖުތަމައުގެ މާލީ ފުދުންތެރިކަން ހުރި ނިސްބަތަށް ރިއާޔަތްކުރުމަށާއި ވަކިވަކި ނޫސްވެރިން ވީހާވެސް ބޮޑަކަށް ހިމާޔަތްވާނެ ގޮތަކަށް ބިލު އެކުލަވާލަން ވެސް ގޮވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ 28 ބިލުގެ ތެރޭގައި އަބުރުގެ ބިލް ހިމަނާފައި ވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: