ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަތިން 8 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހިންގާ ފިޔަވަތިން ކޮވިޑް-19 އަށް 8 ކުއްޖަކު ޕޮޒިޓިވް ވެއްޖެއެވެ.

ރޭ ބޭއްވި ޕުރެސް ކޮންފަރެންސްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވީ އެންމެ ފުރަތަމަ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެތަނުގައި މަސައްކަތް ކުރާ ފަރާތެއް ބަލީގެ އަލާމާތްތަކެއް ހުރުމާ ގުޅިގެން  ނެގި ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މި ކޭސްއާ ގުޅިގެން ކޮންޓެެކްޓް ޓްރޭސިންގެ ތެރެއިން 54 ކޮންޓެކްޓެއް ދެނެގަނެވި، ކަރަންޓީނު ކުރެވުނު ކަމަށާއި އޭގެތެރެއިން 19 ސާމްޕަލެއް ނެގުނު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މި ސާމްޕަލްތަކުގެ ތެރެއިން މި މަހުގެ ހަތަރުވަނަ ދުވަހު ކުޑަކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތަކާއި އަދި އެއް ކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަދި އޭގެއިތުރުން އެތަނުން ރެންޑަމް ސާމްޕަލްތަކާއި، ކަރަންޓީނުގައި ތިބި ކުޑަކުދިންގެ ސާމްޕަލްތަކެއް ވެސް ނެގި ކަމަށާއި އެގޮތުން ކަރަންޓީނުގައި ތިބި ކުދިންގެ ތެރެއިން ހަތް ކުއްޖަކާއި އަދި ކުޑަކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ތިން ފަރާތެއް އިއްޔެ ބައްޔަށް ޕޮޒިޓިވް ވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްޔެވެސް ކުދިން ބެލެހެއްޓުމުގެ ކަންކަން ކުރާ މުވައްޒަފެއް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: