ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބޭރުގެ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ހުރަހެއް”

ޑރ ޝަހީމް އަލި ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމެއްގެ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ހުރަހެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިދިކޮޅު ކޯލިޝަންގެ ހާއްސަ އެޑްވައިޒަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެ ސިފައިންނަށް ސަރުކާރުން ކުރާ ހަރަދު ހާމަކޮށްފި ނަމަ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރައި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައި ވަނިކޮށެވެ.

އެގޮތުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ނަމަ، ޢަދަދާއި ތިބޭ ސަބަބު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތު ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

“އެއްވެސް ޢަސްކަރީ ބާރަކުން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ހުރަހެއް.” ޝަހީމް ވިދާޅުވިއެވެ.

ޑިފެންސްގެ މިނިސްޓްރީން އެ މައުލޫމާތުތައް ދިނުމަށް ދެކޮޅު ހެދުމުން އިދިކޮޅު ޕާޓީތަކުންނާއި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުސީދާ ޖަވާބެއް ދެއްވާފައެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެކަމާ ގުޅުންހުރި ހުރިހާ ކަމެއް ވެސް ދިވެހިން އެނގެން ބޭނުންވާނެ ކަމަށެވެ.

އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވެސް މަޖިލިސް ރައީސް ރޭ ވަނީ ވާހަކަދައްކަވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: