ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިއަދުގެ ހުކުމް އެނގިގެން ދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދަޢުވާތަކެއްކަން”

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒު ކުރުމަށް އަމުރު ނެރެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމުން ދޭހަ ވަނީ އެމަކުފާނު މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ތަކަކީ ސިޔާސީ ދަޢުވާ ތަކެއްކަން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޔާމީންގެ އެކައުންޓްތައް ހިފަހައްޓަން އެދުނީ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅިގެން ކަމަށް ވެފައި، އިސްލާމިކް ބޭންކުގައި އޮތް އަށް އެކައުންޓާ އެ މުއާމަލާތްތަކާ ގުޅުމެއް އޮތް ކަމަށް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ މަސްއަލައިގެ އިސްތިޢުނާފުގައި ސްޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުން އެނގިގެން ދަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ތަކަކީ ސިޔާސީ ދަޢުވާ ތަކެއްކަން ކަމަށެވެ.

“ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަން.” އަދުރޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: