ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ގައުމުތަކުގައި ބޭރު ސިފައިން ތިބެނީ ފެންނަން އޮތް އެއްބަސްވުމެއްގެ ދަށުން: ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ހުންނަވާ ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ގައުމުތަކުގައި ވެސް ބޭރު ސިފައިން ތިބެނީ ފެންނަން އޮތް އެއްބަސްވުމެއްގެ ދަށުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ދީދި މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

އެގޮތުން ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ޤައުމުތަކުގަ ބޭރު ސިފައިން ތިބެނީ އިންޓަރނޭޝަނަލް ރިޒޮލިޔުޝަނެއްގެ ދަށުން ނުވަތަ ފެންނަން އޮތް އެއްބަސްވުމެއްގެ ދަށުން ކަމަށާއި ސިއްރު އެއްބަސްވުމެެއްގެ ދަށަކުން ނޫން ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް “އިންޑިއާ އައުޓް”ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.

މަޖިލީހުގެ އިދާރާގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ އޭގެ ހަރަކާތެއް ކަމަށާއި އެކަން ކުރަނީ މަދު ބަޔަކު ކަމަށާއި އަދި ސިޔާސީ ޕާޓީއަކުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: