ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފުތާއާއި ހަވާލުވުމަށް ކޯޓުން އަމުރުކުރުމުން ވެސް އާއިލާއިން، އޭނާ ބަލައިދޭނެ މީހެއް ނުވި!

ގއ. މާމެންދޫގައި ބަލާ ދޭނެ މީހެއް ނެތް، ދޮށީ އުމުރުގެ އަލިފުތާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ ގއ. މާމެންދޫގައި މަގުމަތިކޮށްފައިވާ ދޮށީ އުމުރުގެ އަލިފުތާ އާއި ހަވާލުވާން އޭނާގެ ވާރިސުންގެ މައްޗަށް މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރުމުން ވެސް އޭނާ ބަލައިދޭނެ މީހެއް އާއިލާއިން ނުވިކަމަށް ކައުންސިލުން ހާމަކޮށްފިއެވެ.

މާމެންދޫގައި މަގުމަތިކޮށްފައިވާ އުމުރުން 80 އަހަރުގެ އަލިފުތާ ބަލައިދޭނެ މީހެއް ހޯދުމަށް ރަށު ކައުންސިލުން އިއުލާނެއް ވެސް އާއްމު ކުރިއެވެ. އެހެން ނަމަވެސް އަލިފުތު ބަލައިދިނުމަށް އެދި އާއްމު ކުރި އިއުލާނަށް އޭނާ ބަލައިދޭން އެއްވެސް މީހަކު މައުލޫމާތު ސާފުކޮށްފައި ނުވެއެވެ.

މިވަގުތު ކޮވިޑާއި ގުޅިގެން ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ މަރުކަޒެއްގައި ހުރި އަލިފުތާ ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށްވެފައި، ރަށު ކައުންސިލުން އެކަން ކޯޓަށް ހުށަހެޅިއެވެ. އަދި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ވީހާވެސް އަވަހަށް ވާރިސުންނާއި ހަވާލު ކުރުމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލިފުތާގެ އެއްވެސް ދަރިއެއް ނުހުރެއެވެ. އަދި އޭނާގެ އަނބިމީހާ ވަނީ މީގެ އަހަރުތަކެއް ކުރިން ނިޔާވެފައެވެ. އަލިފުތާގެ އާއިލާ ބަޔަކަށް ތިބީ އޭނާގެ އެއްބަނޑު އެއްބަފާ ފިރިހެނަކާއި، އަންހެނެކެވެ.

ކޯޓުގެ އެންގުމާއި އެއްގޮތަށް އާއިލާއިން އަމަލުކޮށްފައި ނުވާތީ އެ ރަށު ކައުންސިލުން ރާއްޖޭގެ މީޑިއާއެއްކަމަށްވާ “އަވަސް” އަށް ބުނެފައިވަނީ މައްސަލަ ޖެންޑާރ އިން ވެސް ބަލަމުންދާ ކަމަށެވެ. ކައުންސިލުން ވަނީ އަޅާލާނޭ މީހެއް ނެތި، އެހެން އެކަނި އޮންނަން ޖެހުމުގެ ސަބަބުން އަލިފުތާއަށް ނަފްސާނީ ގޮތުން ވެސް އަސަރުތަކެއްކޮށްފައިވާ ކަމަށެވެ. އަދި ސިއްހީ ގޮތުން ވެސް ގެއްލުންތަކެއް ވަމުން އަންނަ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މާމެމެންދޫ ކައުންސިލުން ވަނީ، އަލިފުތާ އެ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރިހާ ދުވަހަކު އޭނާގެ ޒަރުރީ ބޭނުންތަކަށް އެހީތެރިކަން ދޭނެކަން ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އެ ކައުންސިލަކީ މާލީ ގޮތުން އެހާ ގާބިލުކަމެއް އޮތް އިދާރާއެއް ނޫން ކަމަށް މާމެންދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ބައެއް މީޑިއާތަކުން ރަށުގެ މީހުންނާއި ހަވާލާދީ ބުނެފައިވާ ގޮތުގައި، އަލިފުތާ ހުރީ އޭނާ ބަލައިދޭނެ މީހަކަށް ލިބޭ އިނާޔަތްތައް ވެސް ދޭން ތައްޔާރަށެވެ. އަދި އޭނާގެ އާއިލާގެ މީހުން ވެސް ބޭނުންވަނީ އަލިފުތާގެ ގޯއްޗާއި، އިނާޔަތްކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: