ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ސަފާރީ ކޭސް މައްސަލައިގައި ފުލުހުން ހެކި ހޯދުމަށް ގަސްދުގައި އިހުމާލުވެފައިވޭ: ވަކީލުން

ޖިންްސީ ގޯނާ އާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ސަފާރީ ރޭޕް ކޭސް މައްސަލައިގައި، ޖިންސީ އަނިޔާ ލިބިފައިވާ ފަރާތުގެ ޤާނޫނީ ވަކީލުން މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި މެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ބަލައިގަނެ، ވަކީލުންގެ ބަޔާން ނަގައިފިއެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލި މައްސަލައިގައި ނޫސްވެރިންގެ ސުވާލުތައް ފުލުހުންނަށް އަމާޒުވެގެން ވެސް ދިޔައެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމާއި، ކޭސްގައި އޮޅުވާލުންތަކެއް ގެންގުޅޭކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް ކުރެވުނެވެ.

ކޭސްއާއި ގުޅޭ ވަހަކަތައް ނުދެކެވޭތާ ދުވަސްތަކަކަށްފަހު ސޯޝަލް މީޑިއާގައި ވިކްޓިމްގެ ގާނޫނީ ވަކީލުން އާއްމު ކުރި ވީޑިއޯއެއްގައި މައްސަލައިގެ އައިއޯ ވިކްޓިމްގެ ބަޔާން ބަދަލު ކުރުމަށް ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. އަދި އެ ވީޑިއޯ އާއްމުކޮށް ގާނޫނީ ވަކީލް ޝަފީއާ ރިޒާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަފާރީ ކޭސްގައި ޖިންސީ ޝިކާރައަކަށް ވީ މީހާގެ ސްޓޭޓްމެންޓު ބަދަލު ކުރުމަށް ފުލުހުން މަޝްވަރާ ކުރާތަން ފެނުމުން އޭގެއިން ވެސް މައްސަލައިގައި ފުލުހުންގެ ނިޔަތް ވަރަށް ސާފު ކަމަށެވެ. މައްސަލައިގެ އައިއޯގެ ފަރާތުން ފެނުނު މި އަމަލު ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވަކީލުން ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މައްސަލައިގައި “ސަންގު” އާއި ވާހަކަ ދައްކަވަމުން ވަކީލުން ވިދާޅުވީ ސަފާރީ ކޭސް މައްސަލައިގައި، ޖިންސީ އަނިޔާ ލިބިފައިވާ ފަރާތުގެ އަދުލުވެރިކަމާއި އަވަސް ކަމާއެކު މައްސަލަ ތަހުގީގުކޮށް ނިންމުމަށް ލިބިފައިވާ ހައްގަށް އުނިކަން ލިބޭގޮތަށް، އެ މައްސަލައިގެ ކުށުގެ ވެށިން އަނިޔާ ލިބޭ ފަރާތާ ބައްދަލުވި ހިނދުން ފެށިގެން މިއަދާ ހަމައަށް ވެސް ފުލުހުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެކަން އެންއައިސީއަށް މިހާރު ހުށަހަޅާ، އެކަމުގެ ކަންބޮޑުވުން އެ އިދާރާއާއި ހިއްސާކޮށްފައިވާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.

މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރުންނާމެދު ކުރާ ތުހުމަތުތަކުގެ ތެރޭގައި، ހުޅުމާލެ ސަފާރީ ރޭޕް މައްސަލައިގައި، ޖިންސީ އަނިޔާ ލިބިފައިވާ ފަރާތުގެ އަދުލުވެރިކަމާއި އަވަސް ކަމާއެކު މައްސަލަ ތަހުގީގުކޮށް ނިންމުމަށް ލިބިފައިވާ ހައްގަށް އުނިކަން ލިބޭ ގޮތަށް ތަކުރާރުކޮށް އަމަލުކޮށްފައިވުމާއި، މައްސަލައިގެ ހެކި ހޯދުމަށް ގަސްދުގައި އިހުމާލުވެފައިވުން ހިމެނެއެވެ.

ވަކީލުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ފަރާތް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުށްވެރިން ފަދައިން މައްސަލައިގެ ގާނޫނީ ވަކީލުންނާމެދު ދެކި، އެފަރާތްތަކަށް ފުރައްސާރަ ކުރަމުން ދާތީ އެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައި ވަނީ ދެ މިނެޓުގެ ވީޑިއޯއެކެވެ. އަދި އެ ވީޑިއޯގައި މައްސަލައިގެ އައިއޯ ވިކްޓިމްގެ ސްޓޭޓްމެންޓުގައި ހިމެނޭ ބައެއް ނުކުތާތައް ފާހަގަކޮށް އޭގެއިން އުނި ކުރަންވީ ބައިތަކަކީ ކޮބައިތޯ ސުވާލު ކުރެއެވެ. އެއާއި އެކު އޭނާއި އެކު ހުންނަ އިތުރު މީހަކު ހުރިހާ ވާހަކައެއް ހިމަނާފައިވާނެ ކަމަށް ބުނެއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އެ ވީޑިއޯގެ ސަބަބުން ފުލުހުންނަށް ދަނީ ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުންނެވެ. އެހެން ނަމަވެސް ވިކްޓިމްގެ ބަޔާނަށް އެއްވެސް އުނި އިތުރެއް ގެނައުމަށް މަސައްކަތް ނުކުރާކަމަށް ބުނެ އާއްމު ކުރި ބަޔާނެއްގައި ފުލުހުން ބުނެފައިވަނީ އެ ވީޑިއޯ ކްލިޕްއަކީ މައްސަލައާއި ގުޅިގެން ވިކްޓިމް އާއި، ސްކައިޕް މެދުވެރިކޮށް ކުރި އިންޓަވިއު ރެކޯޑިންއަކަށް ފަހު އޭނާ ދެއްކި ވާހަކަތަކުގެ މައްޗަށް ބަޔާން މަރުހަލާގައި ތަހުގީގު ކުރި ފަރާތްތަކުގެ މެދުގައި ދެކެވުނު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ވިކްޓިމްގެ ބަޔާނަށް ބަދަލު ގެނައުމުގެ ގޮތުން ދެއްކި ވާހަކައެއް ނޫން ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: