ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފު އެޑްމިޓުކޮށްގެން ފަރުވާ ދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހިތުގެ އާލާސްކަންފުޅެއްގައި މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އިމާދު ލަތީފު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

އިމާދު އެޑްމިޓު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އިންޖިއޯޕްލާސްޓީ ހެދުމަށް ފަހު އިމާދު ބާއްވާފައި ވަނީ އައިސީޔޫގައި ކަމަށެވެ.

އަދި މިހާރު އިމާދުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި މިރޭ ނޫނީ މާދަމާ އައިސީޔޫ އިން ނެރޭނެ ކަމަށް އާއިލާ މީހުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

އިމާދު އެޑްމިޓް ކުރުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ އޭނާއަށް އަވަސް ޝިފާއަށް އެދި ހެޔޮ އެދުމުގެ މެސެޖްތައް ފޮނުވަމުންނެވެ.

ނޫސްވެރި ކަމުން ރާއްޖޭގައި ލިބޭ ހުރިހާ ޝަރަފެއް ހޯއްދަވާފައިވާ އިމާދުގެ ނޫސްވެރިކަން ފެއްޓެވީ 1992 ވަނަ އަހަރު އެވެ. އޭގެ ފަހުން އިމާދަކީ ރާއްޖޭގައި ވަރަށް މަގުބޫލު އަދި ވަރަށް މަޝްހޫރު ނޫސްވެރިއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: