ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް، ގެރި ބަކަރި ވިއްކާ ބާޒާރަކަށް ބަދަލުވެދާނެ: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސްފިނަމަ މަޖިލިސް، ގެރި ބަކަރި ވިއްކާ ބާޒާރަކަށް ބަދަލުވެދާނެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ދައްކާ ވާހަކައެއް ކަމަށާއި މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބަހުސް ކުރަންވީ ވަގުތު ނޫން ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އެގޮތުން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ގެރި ބަކަރި ވިއްކަން ހުންނަ ޒާތުގެ ބާޒާރަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ އިސްލާހު ހުށަހަޅާފައެވެ.

ޖާބިރު ހުށަހެޅުއްވި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅިފައިވީ ނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަބުނާ ބަރު ނިޒާމެއްގައި ރައްޔިތުންގެ ބަހެއް ނޯވޭ! މަޖިލިސް ތެރެއިން ޗަރުކޭސީ ކުޅެފައި ދުވާލަކު ބޮޑުވަޒީރެއް ލިޔަސް ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޯވޭ. ތިޔައުޅެނީ 5 އަހަރަކުން އެއްފަހަރު ނަމވެސް ރައްޔިތުންނަށް ލިބޭ ބޮޑު ހައްޤެއް ފޭރިގަންނަން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: