ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސ. މީދޫ އާއި ފުވައްމުލަކުގެ މެޖިސްޓްރޭޓްގެ މައްސަލައެއް ޖޭއެސްސީން ބަލަނީ

ޖޭއެސްސީގެ ބައްދަލުވުމެއްގެތެރެއިން. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތޮއްޔިބާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކުރަމްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ ތޮއްޔިބާ ގުޅިގެން ބަލަމުން އަންނަނީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން އޭނާ، އެ މައްސަލައިގައި ގޮތެއް ނިންމެވުމުގައި ގާނޫނާ ހިލާފަށް އަމަލުކުރެއްވި ކަމަށް ބެލެވޭ މައްސަލައެއް ކަމަށެވެ.

އަދި ފުވަމުވަމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަކްރަމާ ގުޅޭ ގޮތުން ބަލަން ނިންމާފައިވަނީ އޭނާ ހުކުމް ކުރެއްވި މައްސަލައެއްގައި ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓް ދޫކުރި ފަހުން އެ ރިޕޯޓަށް ބަދަލު ގެނެސް ބައެއް ނުކުތާ އިތުރުކުރި ކަމަށް ބުނާ މައްސަލައަކާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޒިއްޔާއެއް ބެލުމުން ތަނާޒުލްވެފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހު ކަމަށް ބެލެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ.

މި މައްސަލަތައް ތަހުގީގު ކުރުމަށް ކޮމިޓީ އެއް މިހާރު އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: