ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ބޭނުންފުޅުވަނީ އަޅުގަނޑު ޖޭއެސްސީގައި އިނުމަށް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނެވުމަށް ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތް އިތުރުކުރުމަށް ގޮވާލާ ހުށައެޅި މައްސަލައިގެ ބަހުސުގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވި ވާހަކަފުޅަކާއި ގުޅިގެނެވެ.

ސައީދު ވިދާޅުވީ ތިމާވެށިގެ ރޮނގުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ ބުރަދަނެއް ހޯއްދަވަން ޖެހޭނަމަ ޖޭއެސްސީން ރައީސް ނަޝިދު އިސްތިއުފާދެއްވަން ޖެހޭކަމަށެވެ. އަދި ރައީސް ނަޝީދު ޖޭއެސްސީގައި އިންނެވުމުގެ ސަބަބުން ރައީސް ޔާމީނަށާއި ރައްޔިތުންނަށް އިންސާފު ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދުގެ ވާހަކަ އާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި އެމަނިކުފާނު އިންނެވުމަކީ ރައީސް ޔާމީނަށް އެންމެ ރަނގަޅުގޮތްކަމަށާއި، އެއީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެވެސް ގޮތްކަމަށެވެ.

އިންސާފުވެރިކަމާއެކު ރާއްޖޭގައި ޝަރީޢަތްތައް ނުކުރެވޭނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން ބޮޑުވާނެކަމަށާއި، އެކަން އެންމެ ގާތުން ތަޖުރިބާކުރެއްވީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމިން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއްކަމަކީ އަޅުގަނޑު މިވަގުތު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މިދަންނަވަނީ ދިވެހިރާއްޖޭގައި އިންސާފުވެރިކަމާއިއެކީގައި ޝަރީޢަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާއަށް ބޮޑުވާނެ” ރައީސް ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ކުރިން ރައީސްކަން ކޮށްފައިވާ ބޭފުޅުން ގޯސްކޮށް ކަމެއްކޮށްފައި ވާނަމަ އެބޭފުޅަކަށް އަދަބު ލިބެންޖެހޭނެކަން ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޝަރުޢީ ނިޒާމުގެ ތެރެއިން އެކަން އެގޮތަށް ހަމަޖެހިފައި އޮންނަން ވާނެކަމަށާއި އެމަނިކުފާނު ޖޭއެސްސީގައި އިންނެވުމަކުން އަނިޔާ އިސްނުކުރައްވާނެކަމަށެވެ. އަދި އިންސާފު ޤާއިމްކޮށް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަް ބެލުމަށް ގާނޫނުއަސާސީން އުފައްދާފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލިވިގެންވާ ގޮތް ބަދަލު ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވިއެވެ. އަދި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސާސީއަށް ހުށަހެޅި އިސްލާހު އެޖެންޑާވެސް ވަނީ ކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: