ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަވަފޮށި، ސިމްބޮލިކްގެ ފައިބުޑަށް ތިރި ވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ރެޕް ގެ ލަސްކަރު ސިމްބޮލިކްސް ރިކޯޑްސް އަށް ކޮށްފައިވާ ދޮގު ތުހުމަތަކަށް ބާރު ލިބޭ ގޮތަށް ވާހަކަދައްކާފައިވާތީ އޮންލައިން ސްޓްރީމިން ޕުލެޓްފޯމް، ލަވަފޮށިން މައާފަށް އެދެފިއެވެ.

އޮންލައިން މަޖައްލާ “ދޯ.އެމްވީ” ގައި ޝާޢިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ލަވަފޮށީގައި ސިމްބޮލިކް ރެކޯޑްސް އިން، ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު “ވައްޓާލީ އޮޅުވާލައިގެން” ކަމާއި މެދު ސުވާލު އުފައްދޭ ކަމަށެވެ.

މިކަމާއި ގުޅިގެން ސިމްބޮލިކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދޯ އެމްވީ އިން ދައްކާފައިވާ ވާހަކަތަކަށް ބާރުލިބޭހެން ލަވަފޮށިން ވާހަކަ ދައްކާފައިވާތީ, މިކަމުގެ އަސްލު ހަގީގަތް ހާމަކޮށް މިރޭ 12 ގެ ކުރިން އެކަމަށް މައާފަށް އެދުމަށް އަންގާކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ އެއްވެސް ސަބަބަކާ ހުރެ މައާފަށް އެދި ހަގީގަތް ހާމަކުރެވެން ނެތްނަމަ މާދަމާ 12 ގެ ކުރިން ސިމްބޮލިކްސް ގެ ހުރިހާ އުފެއްދުމެެއް ލަވަފޮށިން ނެގުމަށް އަންގާކަމަށެވެ.

ސިމްބޮލިކްގެ މި އެންގުމާއި ގުޅިގެން ލަވަފޮށިން ރޭ 12:00 ގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ޕްލެޓްފޯމުގެ އެއްވެސް އާޓިސްޓެއްގެ ފަރާތުން މިވަގުތު އޮޅުވާލައި މަކަރުހަދާކަމުގެ ތުހުމަތު ކުރެވިފައި ނުވާކަމަށެވެ. އަދި މިހާތަނަށް ސިމްބޮލިކް ރެކޯޑްސް ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް ވެސް ލަވަފޮށިން ބުނެފައި ވެއެވެ.

ލަވަފޮށިން ވަނީ ސިމްބޮލިކް ރެކޯޑްސް ލަވަފޮށީގެ އެންމެ ކާމިޔާބު އެއް އާޓިސްޓް ކަމަށް ބުނެ އެ ލޭބަލްއަށް ތަޢުރީފުވެސް ކޮށްފައެވެ. އަދި އެ ލޭބަލްއަށް ލިބެމުންދާ މަޤުބޫލުކަމަކީ އަމިއްލަ މަސައްކަތުން ހޯދާފައިވާ ކާމިޔާބީއެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ސިމްބޮލިކުން ޕްލޭ ކައުންޓް އޮޅުވާލައި މަކަރު ހެދި ކަމަށް ތިހުމަތު ކުރާއިރު, ސިމްބޮލިކަށް ގިނަ އަދަދަކަށް “ޕްލޭ ކައުންޓް” ލިބިފައިވަނީ ހަމައެކަނި ލަވަފޮށީގައި އެކަނި ނޫންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 62%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 5%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: