ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތިން ސްލޮޓް ދޫކޮށްގެން ވެހިކަލް ރެޖިސްޓްރީ ކުރުމަކީ ސީދާ ކޮރަޕްޝަން: މާލެ ސިޓީ ކައުންސިލް

ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމަތިން ސްލޮޓް ދޫކޮށްގެން ވެހިކަލް ރެޖިސްޓްރީ ކުރެވޭނެ އުސޫލު ގާއިމްކުރުމަކީ ސީދާ ކޮރަޕްޝަންގެ އަމަލެއްކަމަށް މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އޮސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން އަންނަނީ ކުރަމުންނެވެ. އަދި މިކޮމިޓީއަށް މާލޭ ސިޓީ ކައުންސިލާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭފުޅުން ވަޑައިގެން ބިލާއިމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝިމާޒް އަލީ ވިދާޅުވީ، ޕާކު ކުރުމުގައި ދިމާވެފައިވާ މައްސަލައަަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ މިވަގުތު އޮތް ސިޔާސަތަކީ، މަގުތަކުން ސްލޮޓް ދޫކޮށްގެން ވެހިކަލް ރެޖިސްޓްރީކުރުމަށް ކަމަށެވެ. އަދި މިޙާރު ވަކި ސަރަހައްދުތަކެއް ޕްލޭނިން މިނިސްޓްރީއިން ކަނޑައަޅާފައިވާ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިކަން ފެށިގެން ދާނެ ކަމަށެވެ.

ކޮމިޓީގައި ވާހަކަދައްކަވަން ލިބުނު ފުރުސަތުގައި މެމްބަރު އަލީ ޒަމީރު ވިދާޅުވީ ސްލޮޓް ދޫކޮށްގެން ވެހިކަލް ރެޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ ބޮޑު ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

ޒަމީރު ވިދާޅުވީ، ސިޓީ ކައުންސިލުން ދޫކުރަނީ އިމާރާތްތައް ވަކި ކަމަކަށް ދޫކުރުމުގެ ހުއްދައެއ ކަމަށެެވެ. އަދި އެހުއްދަ ހިފައިގެން ޓްރާންސްޕޯޓް މިސްޓްރީއަށް ދިޔުމުން، ރަޖިސްޓްރީ ކުރެވޭނީ ކިތައް ވެހިކަލްތޯ ބަލާނީ މިނިސްޓްރީއިން ކަމަށެވެ. ގަރާޖެއް ގޮތުގައި އެބިން ބޭނުންކުރުމަށް ހުއްދަ ދެނީ ސިޓީ ކައުންސިލުން ކަމަށާއި، އެކަމަކު ރަޖިސްޓްރީ ކުރެވޭނީ ކިތައް ވެހިކަލްތޯ ކަނޑައަޅާނީ މިނިސްޓްރީއިން ކަމަށެވެ.

“މާލޭގެ ޖާގަ އެންމެންނަށް ހަމަހަމަވާ ގޮތަށް ރަޖިސްޓްރީ ވެވޭނެ ގޮތް، އެއީ އެންމެ ރަނގަޅު އުސޫލަކީ. ކޮރަޕްޝަނަށް މަގުފަހިވުން ވެސް ކުޑަވާނެ”

މާލެ ސިޓީވިޔަސް އަދި ރާއްޖޭގެ އެހެން ސިޓީއަކަށްވެސް ވެހިކަލެއް އެތެރެކުރެވެންވާނީ ރަޖިސްޓްރީ ކުރެވޭނެ ޖާގައެއް އޮވެގެންކަމަށް ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ، ވެހިކަލް ގެނައުމަށް ދައުލަތަށް ދައްކަންޖެހޭ ޑިޔުޓީ ދައްކައި، ހުރިހާ ކަމެއް ކުރުމަށްފަހުވެސް ގަރާޖެއް ނެތިގެން ރަޖިސްޓްރީ ނުކުރެވިފައި ވެހިކަލް ބާއްވަން ޖެހޭ ކަމަށެވެ، އަދި މިކަމުގެ ސަބަބުން އުޅަނދު ހަލާކުވެ ނުވަތަ ޓޯކުރާ ހިސާބަށްދާ ކަމަށް ވިދާޅުވިއެވެ.

ވެހިކަލެއް އެތެރެކުރެވެންވާނީ ރަޖިސްޓްރީ ކުރެވޭނެ ޖާގައެއް އޮވެގެންކަމަށާއި އެހެންނޫނީ އުޅަނދު ގެންނަ މީހާއަށްވެސް ގެއްލުންތަކެއްވާކަމަށް ވިދާޅުވިއެވެ. އަދި މަގުމަތިން ޖާގަ ގެއްލޭކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ގަރާޖް ސިޓީ އުވާލައި ގާނޫނަށް ގެންނަން އުޅޭ އިސްލާހާއި މެދު ވިސްނާލުން މުހިންމުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: