ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު މިވަނީ އާ ހިތްވަރަކާއެކު ޤައުމިއްޔަތަށް ފާރަވެރިވާން ޖެހިފައި: ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މިވަނީ އާ ހިތްވަރަކާއެކު ޤައުމިއްޔަތަށް ފާރަވެރިވާން ޖެހިފައި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ މި ރާއްޖޭގައި ފާހަގަކުރަމުން މިދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލް ވިދާޅުވީ ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާ ކަމަށާއި މިއަދު މިވަނީ އާ ހިތްވަރަކާއިއެކު ޤައުމިއްޔަތަށް ފާރަވެރިވާން ޖެހިފައި ކަމަށެވެ.

“މިއީ ފުން އިޙްޞާންތަކެއް ގެނެސްދޭ ޤައުމީ ދުވަހެއް.” ޖަމީލް ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބިއުލްއައްވަލު މަހުގެ އެއް ވަނަ ދުވަހެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

 ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަސްމީ ޖަލްސާ މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ. އެ ޖަލްސާގައި ކުރިން ދެމުން އަންނަ ގައުމީ އިނާމު ދިނުން ވެސް ވަނީ ފަސްކޮށްފަަ އެވެ. އެއީ ކޮވިޑް-19ގެ ހާލަތާ ހެދި އެވެ..

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: