ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ) އިން ރޭ ބުނެފިއެވެ.
އެޗްއީއޯސީން ބުނީ ކުޅުދުއްފުށިން މިމަހުގެ ފެނިފައިވާ ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން 4 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެ ރަށުގައި ބަލި ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެ ރަށުގެ ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަމެދު މަޝްވަރާ ކޮށް، ގައިޑެންސް ދީފައިވާކަމަށް އެޗްއީއޯސީން ބުންޏެވެ.
ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ވަނީ ކުޅުދުއްފުށީގައި ކޮވިޑް ފެތުރިދާނެކަމުގެ ބިރުވެރިކަން އޮތުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިހާ ފަރާތްތަކުންވެސް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

