ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަކުރި އިންޑިއާ މީހާ ޑީޕޯޓް ކޮށްލުމުން އިޔާޒްގެ ތައުރީފް ސަރުކާރަށް!

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވެގެން މާލޭގެ މަގުމަތީގައި ހުރެ އިސްލާމްދީނަށް ފުރައްސާރަކުރި އިންޑީއާ މީހާ ރާއްޖެއިން ޑީޕޯޓުކޮށްލުމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު، ސަރުކާރަށް ތައުރީފް ކުރައްވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވި ގޮތުގައި މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާގެ ފިރިހެން މީހާ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އެގޮތުން އޭނާ ރާއްޖެ އިން ފޮނުވާލީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ މީހާ ރާއްޖޭ ނާދެވޭ ގޮތަށް ފޮނުވާލި ފޮނުވާލުމަށް ސަރުކާރަށް މަރުހަބާ ދަންނަވާ ކަމަށާއި އެއީ ހިތްވަރުގަދަ ދީނީ އަދި ގައުމީ ނިންމުމެއް ކަމަށެވެ.

“މި ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރުމަށް ޖާގަ ދެވިގެންނުވާނެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސާބިތުކަން ދެއްވާށި.” އިޔާޒް ވިދާޅުވިއެވެ.

ދީނަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ހައްޔަރަށް ވެސް ގެންގޮސްފައިވެއެވެ. ނަމަވެސް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ދޫކޮށްލާފައެވެ.

ބަންދުން ދޫކޮށްލި ނަމަވެސް އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. އެ މައްސަލަ ބޮޑުވުމުން އޭނާ ވަނީ ފަހުން މައާފަށް އެދި ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެއީ ރަގަޅު ކަމެއްނޫން އިސްލާމް ދީން ދެކެ މީހުން ނަފުރަތު ކުރުވުމަކީ ރަގަޅު ކަމެއްނޫންތާ !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: