ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޔާޒް ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލް އިން ނިންމައިފި

ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ޔުނިވާސިޓީގައި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާ އަދާކުރައްވަމުން ގެންދެވާ މަަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވަޒީފާއިން ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރަބިއުނަލުން ނިންމައިފިއެވެ.

ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން ޑރ. އިޔާޒް ސަސްޕެންޑު ކުރުމަށް ފަހު، މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު އެ މަގާމުން ވަކިކޮށްފައި ވަނީ، އެ މަނިކުފާނަކީ އަންހެންކުދިން ޚިތާނު ކުރުމަށް ހިތްވަރުދޭ މީހެއްކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ވަޒީފާއިން ސަސްޕެންޑު ކުރި މައްސަލައާއި ވަކިކުރި މައްސަލަ ޑރ. އިޔާޒްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅައިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 4ވަނަ ދުވަހުއެވެ.

އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޔޫގެ ފަރާތުން އޭނާ ވަޒީފާ އަށް ނިކުތުން މަނާކޮށް އަދި އިންޒާރުދީފައި ވަނީ ރަނގަޅަށް ނޫން ކަމަށް ދާދި ދެންމެ ޓްރައިބިއުނަލް އިން ނިންމާފައިވާ ކަމަށެވެ.

“ކުރިޔަށް އޮތް ތަނުގައި ވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ޤައުމީ ޔުނިވާސިޓީގެ ވެރިންނަށް އިލްތިމާސްކުރަން.” ޑރ. އިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: