ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޔާޒްގެ ރައްދު: ޤިޞާޞް ހިފުމާއި ދެކޮޅު މީޙުން އަނިޔާވެރި ގޮތުގައި މީހުން މެރުމަށް ތާއީދު ކުރަނީތޯ؟

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ޤިޞާޞް ހިފުމާއި ދެކޮޅު މީޙުން އަނިޔާވެރިގޮތުގައި މީހުން މެރުމަށް ތާއީދުކުރަނީތޯ ޑރ މުހައްމަދު އިޔާޒް ސުވާލުކުރައްވައިފިއެވެ.

މަރުގެ ހުކުމް ތަންފީޒް ކުރާ ވާހަކައާއި ތަންފީޒް ނުކުރުމުގެ ސަބަބުން ވާނެ ގެއްލުންތަކުގެ ވާހަކަތައް އަނެއްކާވެސް ފެންމަތިވެފައި މިވަނީ، މާލޭގައި ރަހުމު ކުޑަ ގޮތަކަށް 22 އަހަރުގެ ޒުވާނަކު މަރާލުމާއި ގުޅިގެންނެވެ.

ނަމަވެސް ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުﷲ ވަނީ ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހު ހުރިހާ ސަރުކާރުތަކުން ގެންގުޅެމުން އައީ މޮރިޓޯރިއަމް ދެމެހެއްޓުމުގެ ސިޔާސަތު ކަމަށާއި މި ސަރުކާރުން ވެސް ގެންގުޅެނީ އެ ސިޔާސަތު ކަމަށް ވިދާޅުވެފައެވެ.

މި ދަނޑިވަޅުގައި ޓްވީޓެއް ކުރައްވާ ޑރ އިޔާޒް ވަނީ ޤިޞާޞް އާއި ދެކޮޅަށް ނިކުންނަ ފަރާތްތަށް އަނިޔާވެރިގޮތުގައި މީހުން މެރުމަށް ތާއީދު ކުރަނީތޯ ސުވާލުކުރައްވާފައެވެ. އަދި މަރުގެ ހުކުމް ތަންފީޒް ކުރުމަށް ދެކޮޅު ހަދާ ފަރާތްތަކަށް ގޯސް ވަނީ އިސްލާމީ ޝަރީއަތުގެ ވާހަކަދެއްކީމައިކަމަށް ޓުވީޓުގައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ކަމަށްބުނެ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެެހެންނަމަވެސް އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅީގެން އޭރުގެ ހޯމް މިނިސްޓަަކަށް ހުންނެވި އުމަރު ނަސީރު ވިދާޅުވީ މި ޤައުމުގައި ހައްޤަކާ ނުލާ މީހުން މަރާ މީހުންގެ ފަރާތުން ޤިޞާޞް ހިފުމަށް ބޭނުންވާނެ ވަޞީލަތްތައް ހުރިކަމަށާއި ނެތީ އެކަން ކުރަން ކެރޭނެ ވެރިއެއްކަމަށެވެ.

މަރަށް މަރު ހިފުމަށް އުމަރުގެ ހޯމް މިނިސްޓަރުކަމުގައި މަސައްކަތްތަކެއް ކުރިއިރު އޭރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅަކީ ކޮބައިތޯ ސުވާލު ކުރުމުން އުމަރު ވިދާޅުވީ ރައީސް ޔާމީންގެ އެއްބާރުލުން ލިބުނު ކަމަށެވެ. އަދި ކެބިނެޓުގައި އެތައް ގަޑިއިރެއްގެ މަޝްވަރާތަކަށް ފަހު ވަޒީރުން ދެއްވި ލަފައަކީ ވެސް އެއީކަން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: