ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ އިޔާޒް މާރިޔާއަށް:ވަޒީރެއްގެ މަގާމުގައި ހުރެ ފުރައްސާރަ ކުރާ ފާޑަށް ވާހަކަ ދެއްކެވުމަކީ އަދަބު ކުޑަ ގޮތެއް

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޑރ އިޔާޒް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަންގެ އިސް އެކްޓިވިސްޓެއް އިންޑިއާއިން ޑީޕޯޓުކޮށްލި މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޖޯކު ޖެއްސެވުމާއިއެކު، ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ނުރުހުން ފާޅުކުރައްވައިފިއެވެ.

“އިންޑީއާ އައުޓް” ހަރަކާތުގައި އިސްކޮށް އުޅުއްވާ އެކްޓިވިސްޓެއް އިންޑިއާއިން ޑީޕޯޓުކޮށްލުމުން ރާއްޖެ ވަޑައިގެން އެ ގައުމުގައި ތަހައްމަލު ކުރަން ޖެހުނު ކަންކަމުގެ ސަބަބުން ކީރިތި ކުރެއްވިކަމަށް ބުނެ މިނިސްޓަރު މާރިޔާވަނީ އެނާއަށް މަލާމާތުގެ ބަސްތައް ރައްދުކުރައްވާފައެވެ.

މިނިސްޓަރަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވުންވެސް ވަނީ، ދެއްކެވި ވާހަކަތައް ދިފާއު ކުރައްވާފައެވެ. އަދި އެފަދަ ކަމެއް އިތުރު ރައްޔިތަކަށް ދިމާ ނުވާކަން ޔަގީން ކުރެއްވުމަށް އެ ވާހަކަތައް ދައްކަވަންޖެހޭކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާގެ ވާހަކަތަކަށް އިޝާރާތްކުރައްވާ ޑރ އިޔާޒްވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އިޔާޒް ވިދާޅުވީ، މިނިސްޓަރު މާރިޔާ ވާހަކަދައްކަވާއިރު، ރިވެތި އުސޫލުތައް އިހުތިޔާރު ކުރައްވަންޖެހޭކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ވަޒީރެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ފުރައްސާރަ ކުރާ ފާޑަށް ވާހަކަދެއްކެވުމަކީ ވަރަށްވެސް އަދަބު ކުޑަ ގޮތެއްކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: