ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރަކު ދުރުކުރުމުގެ ފުރުސަތު ރައީސް އަށް ދޭންްވާނޭ: ޝީފާއު

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟
ކެބިނެޓްގެ ވަޒީރަކު ދުރުކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިޔާ އަށް ދޭންްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝީފާއު ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ އަނބުރާލާފައެވެ.

މިކަމާ ގުޅިގެން އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ 24 މެންބަރަކު އިސްވެ ސޮއިކޮށް ވަނީ ވައްދާފައެވެ. ސޮއި ކުރި މެމްބަރުންގެ ތެރޭގައި މެމްބަރު ޝިފާއުގެ ނަން ނުހިމެނޭތީ ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވެރިއަކު ހުރެ އެމްޑީޕީގެ މެޖޯރިޓީ މަޖުލީހަކުން އެވެރިމީހާ އައްޔަންކުރި ވަޒީރެއްގެ އިތުބާރުނެތްކަމަށް ވޯޓެއްނަގަންވާނީ ރައީސްއާ އާ މަޝްވަރާކުރެވިގެން ކަމަށެވެ.

“ވަޒީރު ގޯސްވީމާ އެވާހަކަ ރައީސް އަށް ދެންނެވި. ވަޒީރު ދުރުކުރުމުގެ ފުރުސަގު ރައީސް އަށް ދޭންވާނޭ.” ޝިފާއު ވިދާޅުވިއެވެ.

އަމީންގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް އޭނާ ވަނީ ރޭގެ ވަގުތެއްގައި މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

އަމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިޔުއްވި އިސްތިއުފާގެ ސިޓީގައި އޭނާ އެކަން ސިފަ ކުރެއްވީ އެއީ “އޭނާއަށް އަމާޒުވި އެތިފަހަރެއް ނޫން” ކަމުގަ އެވެ. އެކަން ރައީސްއާއެކު ކުރުވުނު މަޝްވަރާތަކުން ވަރަށް ރަނގަޅަށް ސާފުވާކަމަށްވެސް އެ ސިޓީގައި އޭނާ ވިދާޅުވެފައިވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: