ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލަ ލަސްވާކަމަށް ކޮމިޝަންގެ ރައީސް ޤަބޫލެއް ނުކުރައްވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ކުރިއަށްދާ ތަހުގީގު މަސައްކަތްތައް ލަސްވާކަމަށް ގަބޫލުނުކުރައްވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްސަދު ވިދާޅުވެއްޖެ އެވެ.

އަސްއަދު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ އެކަމުގެ ސަބަބު ސާފު ކުރުމަށް ރިޔާސީ ކޮމިޝަނުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގު ލަސްވެއްޖެތޯ މެންބަރަކު ސުވާލު ކުރެއްވުމުން އަސްއަދު ވިދާޅުވީ އެ ތަހުގީގު ލަސްވެއްޖެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ބޮޑެތި ތަހުގީގު ތަކަކީ ރާއްޖޭގައި ނޫނަސް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް “އޯވަރ ނައިޓް” އަކުން ނުވަތަ އެއް ދުވަހަކުން ނިމޭނެ މައްސަލަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ތަހުގީގު ލަސްވެގެން އެކަމުގެ ޒިންމާ ހަމައެކަނި އޭސީސީން އުފުލާކަށް ނުޖެހެއެވެ. އެ ތަހުގީގުގާ ގުޅިގެން އެސެޓްރިކަވަރީ ކޮމިޝަނާއި ޕީޖީ އަދި އޭސީސީ ޒިންމާ ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ބޮޑު ބައެއް ނަގުދު ފައިސާގެ ގޮތުގައި ދައުރުކޮށްފައިވާއިރު،އޭގެ ތެރެއިންވެސް ގޯތި ގަތުމާއި ފައިސާތައް ހަރު މުދަލަށް ބަދަލުކޮށްފައި ހުރުމުން އެފަދަ ކަންތައްތައް ތަހުގީގުކުރުމަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް އަސްއަދު ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އެއް މައްސަލަ ތަހުގީގު ކުރަމުންދިއަ އިރު، އެއަށްވުރެ މާ ސީރިއަސް މައްސަލައެއް ފެންމަތިވެފައިވެއެވެ.

” ޓޫރިޒަމް މިނިސްޓްރީ ތެރެއިން ދާދިފަހުން އެތަނުގެ މެއިލް ސާވާ އަށް އެކްސެސް ލިބިގެން ހޯދި ހޯދުމުގައި އޭގެ ތެރެއިން އެއް ކޭސްގެ މުޅި ޑިރެކްޝަން ބަދަލު ކުރަން އެބަޖެހޭ. އަޅުގަނޑުމެން ދައުވާކުރަން ގަސްދުކުރި މީހާއަށް ދައުވާ ކުރެވޭނެ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދެން ފެނުނީ އެއަށްވުރެ މާ ބޮޑު ސްކީމެކޭ އޭގެ ތެރެއިން” އަސްއަދު

މީގެ އިތުރުން އަސްއަދު ވިދާޅުވީ 20 ވަރަކަށް މީހުންގެ މައްޗަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ. އެހެން ނަމަވެސް ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 300 އަށް އަރާފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަން ފަށާފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: