ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަނުކުރުމަކީ ސިއްހީ ދާއިރާއަށް ކުރި ބޮޑު މަލާމާތެއް: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓަރު ކަމަށް އަހްމަދު ނަސީމް (ކެރެފާ ނަސީމް) އައްޔަނުކުރުމަކީ ސިއްހީ ދާއިރާއަށް ކުރި ބޮޑު މަލާމާތެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕިއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ނިންމެވުމަށް ފާޑިވިދާޅުވެ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސީމް އައްޔަނު ކުރެއްވީ ޒުވާނުންނާއި ތައުލީމީ ދިވެހި ދަރީން ބާކީކޮށް އާއިލާގެ މެމްބަރުން ބާރުވެރިކުރަނީ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް ސޯލިހުގެ “ބާރު” ޕާޓީތެރޭ ކަނޑައެޅުމަށް ހިންގާ ވާދަވެރިކަމުގެ ތެރެއިން ކަމަށެވެ.

ހެލްތު މިނިސްޓަރުގެ މަގާމު ހުސްވީ، އެ މަގާމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ކޮވިޑް 19 އާ ގުޅިގެން، ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ތެރެއިން ދުބާއީ ކުންފުންޏަކާ ހަވާލު ކުރި 75 ވެންޓިލޭޓަރުގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ހިމެނި، އެ މައްސަލަ ބަލަމުން ދަނިކޮށެވެ.

ހެލްތު މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ނަސީމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި މާޗް 21، 2011 އިން ފެބްރުއަރީ 7، 2012ގެ ނިޔަލަށް ފޮރިން މިނިސްޓަރު ކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: